ޕައްޓި ސޯފާ: ރައީސް އޮފީހާ މެދު އާންމުން ދެކޭގޮތް ބަދަލުވެއްޖެ

ޕައްޓި ސޯފާ: ރައީސް އޮފީހާ މެދު އާންމުން ދެކޭގޮތް ބަދަލުވެއްޖެ

ރައީސް މުޢިއްޒު އަންހެން ކުއްޖަކާ އެކު ބޭއްވި ނަހަމަ ގުޅުންތައް "އަދަދު" ނޫހުން ހާމަކުރުމާ އެކު ރާއްޖޭގެ އެންމެ ގަދަރު ބޮޑު، ހައިބަތު ބޮޑު ރައީސް އޮފީހާ މެދު އާންމުން ދެކޭ ގޮތް ބަދަލުވެެއްޖެއެވެ. "އަދަދު" ނޫހުން ގެނެސްދީފައިވާ ޑޮކިއުމަންޓްރީގައި އަންހެން ކުއްޖަކު ވަނީ ރައީސް އޮފިސްތެރޭގައި ރައީސް މުޢިއްޒު އާ އެކު ހިންގި ނަހަމަގުޅުންތައް ކިޔައިދީފައެވެ. ނަމަވެސަް ސަރުކާރުގެ ތަރުޖަނާނު ވަނީ މި ވާހަކަތައް ދިގުކޮށްފައެވެ.

ރައީސް މުޢިއްޒު ރައީސް އޮފީސްތެރޭ ހިންގި ކަމަށް ބުނާ އަމަލުތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ ރައީސް މުޢިއްޒު ވެރިކަމުން އަޒުލްކުރުމަށް ގޮވާލަމުންނެވެ. އަދި ރައީސް އޮފީހާ މެދު ދެކޭ ގޮތް ބަދަލުވެއްޖެކަމަށް ބުނަމުންނެވެ.

ޑޮކިއުމަންޓްރީގައިު ވާހަކަ ދެއްކި ކުއްޖާ ހާމަކުރިގޮތުގައި ރައީސް މުޢިއްޒާ އެކު ނަހަމަގުޅުންތައް ހިންގީ ބިލްތައް ތަސްދީގުކުރާ މޭޒުމަތީގައާއި ރައީސްގެ ކެބިންގައި ހުންނަ އެލް ސޯފާއެއްގައެވެ. ރައީސް މުޢިއްޒަށް އަންހެން ކުއްޖާ ބޮޑެތި ތުހުމަތުތައް ކޮށްފައިވެއެވެ

ޚިޔާލު ފާޅުކުރައްވާ