ޕާޓީއަށް މީހުން ވަނަ ނުދޭން ވަގުތު ކުރުކޮށްފި ކަމަށް ބުނެ ނަޝީދު ދޮގު ހަދައިފި

ޕާޓީއަށް މީހުން ވަނަ ނުދޭން ވަގުތު ކުރުކޮށްފި ކަމަށް ބުނެ ނަޝީދު ދޮގު ހަދައިފި

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރިގަދަވެފައިވަނިކޮށް، ޕާޓީއަށް މީހުން ވަނުމަށް އޮތް ފުރުސަތު ހަނިކޮށް ވަގުތު ކުރުކޮށްލާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަވައިފިއެވެ.

މެންބަރުން އިތުރުވީ ބުނާ އަދަދަކަށް ނޫން

ކެމްޕޭން ދަތުރުފުޅެއްގައި ހއ. އަތޮޅުގައި ހުންނަވައިގެން ނަޝީދު އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، މިހާތަނަށް 10,000 އަށްވުރެ ގިނަ މީހުން އަލަށް ޕާޓީއާ ގުޅިފައިވާ ކަމަށެވެ. ނަމަވެސް ޕާޓީގެ ރަސްމީ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިއީ ކަނޑައެޅިގެން ދޮގެކެވެ.

އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވާ ގޮތުގައި، މި ދުވަސްވަރު ޕާޓީއާ ގުޅިފައިވަނީ ގާތްގަނޑަކަށް 4,500 އެއްހާ މީހުންނެވެ. މީގެ ތެރޭގައި ނަޝީދުގެ ޓީމުންނާއި މީކާއިލް ނަސީމްގެ ޓީމުން ހުށަހެޅި ފޯމުތައް ހިމެނެއެވެ.

ވަގުތު ކުރުކޮށްލި ކަމަށް ބުނާ ވާހަކައިގެ ހަގީގަތް

ޕާޓީގެ “ވަގުތީ ބެލެނިވެރިން” ވަގުތު ކުރުކޮށްލީ ކަމަށް ބުނެ ނަޝީދު ކުރެއްވި ތުހުމަތުގައިވެސް އެއްވެސް ހަގީގަތެއް ނެތެވެ. ކަން ހިނގާފައިވާ ގޮތަށް ބަލާއިރު:

  • ނިންމުން ނިންމީ ގައުމީ މަޖިލީހުން: އިންތިހާބުގެ ތާރީހުތައް ކަނޑައެޅީ ޕާޓީގެ ގައުމީ މަޖިލީހުންނެވެ. އެ ނިންމުމަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

  • ކުރީގެ އުސޫލު: މެންބަރުންނަށް ވޯޓުލެވޭނެ ކަޓް-އޮފް ޑޭޓަކީ އިންތިހާބަށް އިއުލާންކުރާ ދުވަސް ކަމަށް ނިންމީ ޗެއާޕާސަންއާއި، އިސްތިއުނާފު ފަނޑިޔާރުން އަދި އިލެކްޝަން ކޮމިޓީންނެވެ. 

    މެންބަރުންނަށް ވޯޓުލެވޭނެ ކަޓް-އޮފް ޑޭޓަކީ އިންތިހާބަށް އިއުލާންކުރާ ދުވަސް ކަމަށް މީގެ ކުރިން ބާއްވާފައިވާ އިންތިޚާބު ތަކުގައި ނިންމާފައިވުމުން މިއީ މިކަމުގައި ޕްރެޒިޑެންސް އެއް އޮތް އަދި އެގޮތަށް ޕާޓީއިން އަމަލުކުރަމުން އައިސްފައިވާ އުސޫލެވެ. އެހެން ކަމުން މިނޫން ދުވަހަކަށް ބަދަލު ކުރުމަކީ ޕާޓީއިން އަމަލުކުރާ އާންމު އުސޫލާއިވެސް ޚިލާފު ކަމަކަށް ވާނެއެވެ. 

އެނގިފައިވާ ގޮތުގައި ނަޝީދު ބޭނުންފުޅުވީ މެންބަރުން އިތުރުކުރަން އިތުރު 5 ދުވަސް ހޯދުމަށެވެ. ނަމަވެސް ޕާޓީއިން ކުރިން އަމަލުކުރަމުން އައި އުސޫލުތައް ހުރި ގޮތުން އެ ފުރުސަތު ދެވެން ނެތީއެވެ.

އެކަމާއި ގުޅިގެން ޕާޓީގައި ތިބި ނަޝީދުގެ ސަޕޯޓަރުންގެ މެދުގައި ޕާޓީއާއި މެދު ހިތްހަމަ ނުޖެހުން އުފައްދައި އަދި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މަގުޞަދުގައި ނަޝީދު ދޮގު ހައްދަވައިގެން ވާހަކަ ދެއްކީ ކަމަށް ސޯޝަލް މީޑިޔާގައި ޕާޓީގެ ބައެއް މެމްބަރުން ދަނީ ތުހުމަތު ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ