ހެކި ވެރިވެރިޔާގެ ވާހަކަތަކުން، އަލީ އިހްސާން ވަނީ ޝަމްއާން ފްރޭމްކޮށްފައިކަމަށް ބެލެވޭ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލައިގައި ހެކިބަސްދިން އޮފިސަރަކު ބުނެފައިވަނީ، ޝަމްއާނާ ގުޅުންހުރި ސީސީޓީވީ ފުޓޭޖްތައް ފުލުހުންނާ ހަވާލުކުރަން އެންގީ މިނިސްޓަރު އިހުސާން ކަމަށެވެ. އެ ވާހަކައަށް ރައްދުދެމުން އިހުސާން ވިދާޅުވީ

ހެކި ވެރިވެރިޔާގެ ވާހަކަތަކުން، އަލީ އިހްސާން ވަނީ ޝަމްއާން ފްރޭމްކޮށްފައިކަމަށް ބެލެވޭ

މިސަރުކާރުން ޖަލަށް ލާފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްްސަލައަކީ އުފައްދާފައިވާ މައްސަލަ އެއް ކަމަށާއި، އޭނާ ފްރޭމް ކޮށް ޖަލަށް ލާފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށް އެއާއިލާއިން ދަނީ ތުހުމަތު ކުރަމުންނެވެ.

އަދި މިކަމުގެ ވާހަކަ ސޯޝަލް މީޑިޔާގައި އާއި ބައެއް މީޑިޔާތަކުގައި ދައުރުވެފައިވާއިރު، ކުށެއް ނެތި ފްރޭމް ކޮށްގެން ޝަމްއާން ޖަލަށް ލާފައިވަނީ އަލީ އިހުސާނުގެ އޮރިޔާން ފޮޓޯއެއް ސޯޝަލް މީޑިޔާގައި އާންމުވުމުން، އެއީ ޝަމްއާން ކުރިކަމެއް ކަމަށް އިހުސާނު ގަބޫލުފުޅު ކުރެވޭތީ ކަމަށް ސޯޝަލް މީޑިޔާގައި ދަނީ ވާހަކަ ދެކެވެމުންނެވެ.

މިކަންކަމަށް ބާރުދޭ ހުއްޖަތެއް ގޮތުގައި ފެނިގެން ގޮސްފައިވަނީ ޝަރީއަތުގެ އަޑުއެހުމުގައި ހެކިވެރިއަކު ދައްކާފައިވާ ބައެއް ވާހަކަ ތަކުންނެވެ. ފުލުހުންގެ މަސައްކަތްތަކަށް، ހޯމް މިނިސްޓަރަށް ވަދެވުމުގެ ޤާނޫނީ ހައިސިއްޔަތެއް ނެތް އިރު، ޝަމްއާނާ ގުޅުންހުރި ސީސީޓީވީ ފުޓޭޖްތައް ފުލުހުންނާ ހަވާލުކުރަން އެންގީ މިނިސްޓަރު އިހުސާން ކަމަށް ޝަރީއަތުގެ އަޑުއެހުމުގައި ހެކިވެރިޔަކު ބުނެފައިވެއެވެ.

ޝަރީއަތް ނިމެންދެން ވާނުވާ ޖަހާފައި ޝަމްއާން ބަހައްޓާފައި ވާއިރު އޭނާ އަކީ މުޖުތަމަޢު އަށް ނުރައްކާތެރި މީހެއް ނޫނެވެ. މިކަމުންވެސް، ހޯމް މިނިސްޓަރ ފަދަ ބާރުގަދަ ސިޔާސީ ފަރާތެއްގެ ނުފޫޒު ޝަމްއާން ޖަލަށް ލުމުގައި އޮތްކަން ސާފުވެއެވެ. ޝަމްއާނުގެ އާއިލާ އިން ހާމަ ކުރާ ގޮތުގައު، އޭނާ ހައްޔަރުކޮށްފައިވަނީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެކަމަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ. ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށް ވެސް އާއިލާއިން ތުހުމަތުކުރިއެވެ.

މި މައްސަލާގައި ދެން ދައުވާކުރި އެކަކު ވެސް މިހާރު ބަންދުގައި ނެތެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަނީ ހަމައެކަނި ޝަމްއާންގެ މައްސަލައެވެ. މިކަމުން ވެސް މި މައްސަލާގައި ކޯޓުގެ މައްޗަށް ސިޔާސީ ފަރާތެއްގެ ނުފޫޒު އޮތްކަން ސާފުވެއެވެ. އަދި އެ ސިޔާސީ ފަރާތަކީ އިހުސާން ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ޝަމްއާން ފްރޭމް ކޮށްފައިވާކަމަށް ބެލެވޭ އަނެއް ސަބަބަކީ: އެ މައްސަލައިގެ ތަހުގީގަށް ހޯދާފައިވާ ޝަމްއާންގެ ގޭގެ ސީސީޓީވީ ފުޓެޖެވެ. ހެކީގެ ގޮތުގައި މި ފްޓޭޖް ބޭނުން ކުރާއިރު، ޝަމްއާން ބުނެގެން ފައިސާ ގެންދާ މީހަކު އެ ގޭގެ ލިފްޓުން ފޭބުމަށްފަހު ކޮތަޅަކަށް އަޅައިފައި ހުރި ފައިސާ ކެމެރާއަށް ނުދައްކާނެއެވެ. ކޮތަޅު ހުޅުވާފައި އޭގައި ހުރި ލާރި ގުނައި ސީސީޓީވީއަށް ޝަމްއާން ބުނެގެން ގެނައި ފައިސާއެއް ނުދައްކާނެ ކަމަކީ ޔަގީން ކަމެކެވެ. އެހެން ކަމުން މިއީ ރާވައިގެން މީހަކު ލައްވައި ޝަމްއާން ފްރޭމް ކުރުމަށް ކުޅެފައިވާ މަންޒަރެއްކަމާއި މެދު ސަބަބުވެރި ވިސްނުމަކުން ވިސްނާ އެކަކުވެސް ޤަބޫލު ނުކުރާނެއެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލްގައިވާ ކޯޓުތަކުން މިއިން އެއްވެސް ކަމަކަށް ރިޢާޔަތް ނުކުރެއެވެ. އަދި އިންސާފު ހޯދައި ދިނުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ރައީސް މުއިއްޒު ކޮންޓްރޯލް ކުރާ ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ.

ޝަމްއާން ފްރޭމް ކުރަނީ 3 ކަމެއްގައެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯޑްރިންގެ ކުށުގެ ދައުވާކޮށްގެންނެވެ.

ޚިޔާލު ފާޅުކުރައްވާ