އާ ޔުނީފޯމަށް ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ - ނަޝީދު ދެކޮޅު

އާ ޔުނީފޯމަށް ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ - ނަޝީދު ދެކޮޅު

ރާއްޖޭގެ އިގްތިޞާދު ދަށް، ރައްޔިތުންގެ އަތްމަތި ދަތި ދުވަސްވަރެއްގައި ސަރުކާރުން ދަރިވަރުންގެ ޔުނީފޯމް ބަދަލުކުރަން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ ސްކޫލްތަކުގެ ޔުނީފޯމް އެއްގޮތް ކުރަން ސަރުކާރުން ނިންމި ނިންމުމާ ކުރީގެ ރައީސް، ރައީސް ނަޝީދު ވެސް ދެކޮޅު ހައްދަވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވަނީ ސަރުކާރުން ގެންނަން ނިންމި ބަދަލުގެ ސަބަބުން ބެެލެނިވެރިން އަތުން 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވެފައެވެ.

ބެލެނިވެރިން އަތުން ޖުމްލަ 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާ ފޮތި ފިހާރަތަކަށް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން. ޔުނިފޯމު ބަދަލު ކުރުމަކީ ހަރަދު ބޮޑު ބޭކާރު ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، ރާއްޖޭގައި 90،000 އަށްވުރެ ގިނަ ދަރިވަރުން އެބަތިއްބެވެ.

ސަރުކާރުގެ ކޮރަޕްޝަން ބޮޑުވެފައިވާ އިރު، ޔުނިފޯމްތައް އެއްގޮތް ކުރަން ކުރާ މަސައްކަތަކީ ކޮރަޕްޝަނުގެ ތެރެއިން ދައުލަތުގެ ފައިސާތަކެއް ސަރުކާރު ހިންގާ ޕާޓީގެ ގާތް ބަޔަކަށް ދިނުމަށް ފަހު، އެ ފައިސާ އެކި ގޮތްގޮތުން ޕީއެންސީގެ ކެމްޕެއިންނަށް ހަރަދުކުރަން ކުރާ ކަމެއްގެ ގޮތުގައިވެސް ބައެއް ސިޔާސީ ފަރާތްތަކުން ތުހުމަތުކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ