އެމްޑީޕީން މިހާރު ކުރަމުންދާ މަސައްކަތަކީ ދިވެހިރާއްޖޭގައި އަނެއްކާ ވެސް ރައްޔިތުންގެ ބައިވެރިވުން އޮންނަ، ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރުން ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ. އިހުސާން މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް އެމްޑީޕީން ބާއްވަމުންދާ ސިލްސިލާ ޕިކަޕް ޖަލްސާތަކުގެ ތެރެއިން، ބުދަ ދުވަހުގެ ހަވީރު މާލޭ ބާޒާރުމަތީ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"ވެރިކަމުގެ ނިޒާމެއް ހަރުދަނާ ވުމުގެ އެންމެ މުހިންމު އެއް އަސާސަކީ ޑިމޮކްރަޓިކް އުސޫލުތައް ހަމަޖެހިފަ އެގޮތުގާ ހުރުން. އެއީ ވެރިކަމުގެ ތެރޭގަ ހުރި ނިޒާމުތައް ނުވަތަ އުސޫލުތައް ނުވަތަ އިންސްޓިޓިއުޝަން ތައް. އެއް އިންސްޓިޓިއުޝަން އަނެއް އިންސްޓިޓިއުޝަންގެ މައްޗަށް ފާރަވެރިވެގެން ނޫން ގޮތަކަށް ވެރިކަމުގެ ނިޒާމެއް ހަރުދަނާ ވެެގެން ކުރިޔަކަަށް ނުދާނެ. އެ ފާރަވެރިވުމުގު އެންމެ މުހިންމެ އެއް އަސާސަކީ ކަންފަސޭހަކޮށް ކަންކަން ދޫކޮށްނުލުން" އިހުސާން ވިދާޅުވިއެވެ.
އެމްޑީޕީން ގެންދަނީ ކެމްޕޭން ހަރަކާތްތައް ވަރުގަދަކުރަމުންނެވެ. މާލޭގެ ކަންކަން މަތީ ޖަލްސާތައް ބޭއްވުމާއި ޑޯޓުޑޯތައް ދަނީ ކުރިއަށެވެ. އަދި ރަށްރަށުގެ ކެމްޕޭނުންވެސް ދަނީ ކުރިއަށެވެ.