އިރާނު ހަނގުރާމަ އާއި ގުޅިގެން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި 100 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ސަރުކާރުން ނިންމައިފި

ހަނގުރާމައިގެ ސަބަބުން ތެޔޮ ދަތުރުުކުރާ ސަރަހައްދުތައް ބަންދުވެ ދިމާވެދާ ދަތިތަކަށް ހައްލު ހޯދަން، ރާއްޖެ ބޭނުންކުރާ ތެލުގެ ބޮޑު ބައެއް ލިބޭ މެދުއިރުމަތީގެ ބަދަލުގައި ތަފާތު ގައުމުތަކުން އިމްޕޯޓް ކުރަން ފަށައިފި

އިރާނު ހަނގުރާމަ އާއި ގުޅިގެން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި 100 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ސަރުކާރުން ނިންމައިފި

އިރާނު ހަނގުރާމަ އާއި ގުޅިގެން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި  100 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ސަރުކާރުން ނިންމައިފިއެވެ. މި ހަނގުރާމަ ފެށިތާ 12 ދުވަސް ވީ އިރު، ސަރުކާރުން ދަނީ އިތުރަށް ޚަރަދު ތައް ބޮޑު ކޮށް ރާއްޖެއަށް ބޮޑު ތަކުލީފެއް ކުރިމަތި ވެދާނެހާ ގޮތަކަށް އަމަލު ކުރަމުންނެވެ.

މިއަދު ހަނގުރާމަ އާއި ގުޅިގެން ސަރުކާރުން ތައްޔާރު ވެފައިވާ މިންވަރު ހާމަ ކުރުމަށް ބޭއްވި ޕްރެސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތައް ދިރާސާކޮށް، ޒަރޫރީ ކާބޯތަކެތި ލިބޭނެ ގޮތް ހޯދުމަށް ކުރިން ބަރޯސާވި މާކެޓްތަކުގެ ބަދަލުގައި ބަދަލު ތަކެއް ގެނެސް، ތަފާތު ގައުމުތަކުން ރާއްޖެއަށް ތަކެތި އިމްޕޯޓް ކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އިތުރު މާކެޓަކުން ރާއްޖެއަށް އެއްވެސް ޝިޕްމެންޓެއް ޖަހާފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ވައިގެ ސަރަހައްދުތައް ބަންދުވުމުން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް، ރާއްޖެ ބޭނުންކުރެވޭ ގޮތަށް އައު ރޫޓްތައް ދެނެގަނެ، ރާއްޖެ ކުރާ ދަތުރުތަކުގެ ފްރީކުއެންސީ ވެސް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަލީލް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ބޭނުންކުރާ ތެލުގެ ހަރަދު ބޮޑުވެ، އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ ހަރަދަށް 20 މިލިއަން ޑޮލަރުގެ ބޮޑު ތަކުލީފެއް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެ ފަރަގު ފޫބެއްދުމަށް 100 މިލިއަން ޑޮލަރުގެ ފައިނޭންސެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. ހަނގުރާމަ ދިގު ދެމިގެންދާ ވަރަކަށް ރާއްޖެއަށް ކުރާ އަސަރު ބޮޑުވެދާނެ ކަމަށް ލަފާ ކުރައްވާ، ޑޭޓާ ތަހުލީލުކޮށްގެން ގެންނަ ޖެހޭ ބަދަލުތައް ގެންނަ ކަމަށް ވިދާޅުވި އެވެ. ހަނގުރާމައިގެ ކަންތައްތަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން ދިން ހުއްދައެއް ނެތް ކަމަށާއި، ކޮންމެ ފަރާތަކުން ރިކުއެސްޓެއް ހުށަހެޅި ނަމަވެސް، ހުއްދަ ދީފައި ނުވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ