ތެލަށް އެދި އިންޑިޔާގައި ރައީސް މުއިއްޒު އާދޭސް ދަންނަވައިފިއެވެ. މިކަން ހާމަ ކޮށްފައި ވަނީ އިންޑިޔާގެ ފޮރިންގ މިނިސްޓްރީ އިން ދެއްވި ޕްރެއްސެއްގައެވެ.
މި މައުލޫމާތު އިންޑިޔާއިން މިއަދު ހާމަ ކުރި އިރު ސަރުކާރުން ވަނީ އެހެން ދިމާލަކުން ތެޔޮ ފަދަ ތަކެތި މިހާރު ހޯދާފައި ވާކަމަށް މިއަދު ބޭއްވި ވަޒީރުންގެ ޕްރެސްގައި ވިދާޅުވެފައެވެ. އިންޑިޔާއިން ހާމަ ކުރި މައުލޫމާތުން ސާފު ވަނީ ސަރުކާރުން ބޭއްވި ޕްރެސްގައި ދޮގު ހަދާފައިވާކަމެވެ. އަދި ތެޔޮ ލިބޭނެ ގޮތެއް ނެތިގެން އިންޑިޔާގައި ތެލުގެ އެކި ބާވަތްތައް ހޯދުމަށް އެދިފައި ވާކަމެވެ.
މިއަދުގެ ޕްރެސްގައި ސަރުކާރުން ދޮގު ހަދާފައި ވާކަން ހާމަވާއިރު، ރައީސް މުއިއްޒު ވަނީ ހަނގުރާމަ ފެށުނުތަނާއި ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް ބުނެ ދޮގު ހަދާފައެވެ. އޭގެ އެއް ދުވަސް ފަހުން ރާއްޖެއިން ރައްޔިތުންނަށް ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައެވެ. ދުނިޔޭގައި އެންމެ ފުރަތަމަ ރައްޔިތުންނަށް އަގުބޮޑު ކޮށް ތެޔޮ ވިއްކީ ރާއްޖެއިންނެވެ.