ރައްޔިތުންގެ ބާރުތައް ރައްޔިތުންގެ އަތުގައި ބޭއްވުމަށް ރެފަރަންޑަމްގައި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ - ކުޑޫ

ރައްޔިތުންގެ ބާރުތައް ރައްޔިތުންގެ އަތުގައި ބޭއްވުމަށް ރެފަރަންޑަމްގައި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ - ކުޑޫ

ރައްޔިތުންގެ ބާރުތައް ރައްޔިތުންގެ އަތުގައި ބޭއްވުމަށް ރެފަރަންޑަމްގައި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ. "ރާއްޖެ ޓީވީ" ގައި ވާހަކަ ދައްކަވަމުން ކުޑޫ ވިދާޅުވީ، އިދިކޮޅު ޕާޓީ އެއް އޮންނަން ޖެހޭ ކަމަށެވެ. އަދި އިދިކޮޅު ޕާޓީ ގެ ޒިންމާއެއް ވެސް އޮންނަ ކަމަށާ ނަމަވެސް މިއަދު އެމްޑީޕީ އަށް އެ ޒިންމާ އަދާކުރެވޭނެ ހުރިހާ މަގެއް މި ސަރުކާރުން އޮތީ ބަންދު ކޮށްފައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ އެއީ ރައްޔިތުންގެ މިނިވަންކަމާއި ބަސް ބުނުމުގެ މިނިވަންކަމާ ރައްޔިތުންގެ ހައްގުތަކާ ރައްޔިތުންގެ ބާރުތައް ރައްޔިތުންގެ އަތުގައި އޮންނަން އެދޭތީ ކަމަށް ކުޑޫ ވިދާޅުވިއެވެ.

"މިހާރު ވެސް ސަރުކާރު ޖަވާބުދާރީ ކުރުވާނެ ގޮތެއް ނެތް. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގަ ގަވާއިދެއް އޮންނާނެ. އަޅުގަނޑުމެން ލިޔާ ސިޓީތަކަށް ޖަވާބުދެއްވަން ޖެހޭނެ. ސަރުކާރު އޮފީސްތަކުން ވެސް އަޅުގަނޑުމެން އަހާ އެއްޗިއްސަށް ހޭ ވެސް އަހާނުލާނެ. މިވަގުތު މިހާތަނަށް 60 އަށް ވުރެ ގިނަ ސުވާލު ވަޒީރުންނަށް ފޮނުވިފަ ވާނީ. ގާނޫނީ ގޮތުން ޖަވާބުދާރީ ވާންޖެހޭ  މުއްދަތު ހަމަވެފަ. ހަމަ އެއްވެސް އެއްޗަކަށް ޖަވާބުދާރީ ނުވެ އެ ތިއްބަވަނީ ނޫންތޯ. އަޅުގަނޑުމެންނަށް ކިހިނެއްތޯ ސަރުކާރު ޖަވާބުދާރީ ކުރުވޭނީ. ރައްޔިތުންނާ ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކުގަ ވެސް ސަރުކާރު ޖަވާބުދާރީ" ކުޑޫ ވިދާޅުވިއެވެ

އިދިކޮޅުގެ އަޑު އިއްވުމަށް ދައުލަތުގެ މީޑިއާ އިން ވެސް ފުރުސަތު ނުދޭކަން ފާހަގަ ކުރައްވައި ކުޑޫ ވިދާޅުވީ ދައުލަތުގެ މީޑިއާ އާ ގުޅޭ ގާނޫނެއް ވެސް އޮންނަ ކަމަށެވެ. އެއީ ހަމަހަމަ މީޑިއާ އަކަށް ވާން ޖެހޭނެ ކަަމަށް ބަޔާން ކޮށްފައިވީ ނަމަވެސް އެކަން އެގޮތަށް ނުވާ ކަމަށް ކުޑޫ ވިދާޅުވި އެވެ

ޚިޔާލު ފާޅުކުރައްވާ