އިރާނަން ހަމަލާދޭ ޖެޓެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށްފަހު، އެއްވެސް އެއްޗެއް ނުޖެއްސޭނެ ކަމަށް ބުނެ މުއިއްޒު ދޮގު ހަދައިފިއެވެ.
މި ބޯޓު ޖައްސާފައިވަނީ 1 މާރޗް 2026 ގައި ވެލާނާ އެއަރޕޯޓްގައެވެ. ޖައްސާފައިވާ ފްލައިޓަކީ US Air Force Lockheed C‑130 Hercules އެވެ.
މިކަން ވަނީ އޭވިއޭޓަރސް މޯލްޑިވްސް އިން ވެސް ކަށަވަރު ކޮށްދީފައެވެ. އަދި ބޯޓުގެ ފޮޓޯ ވެސް ވަނީ ސޯޝަލް މީޑިޔާގައި ދައުރުވެފައެވެ. މި ބޯޓު އައިސްފައިވަނީ ސީޝަލްސްއިންނެވެ.
ރައީސް މުއިއްޒު އާންމުންނަށް އެނގޭ، އެތައް ބަޔަކަށް މި ބޯޓު ފެނިފައިވާއިރުވެސް މަސައްކަތް ކޮށްފައިވަނީ ރައްޔިތުންނަށް އޮޅުވާލައި މިކަމުގައި ދޮގު ހެދުމަށެވެ. މި ޚަބަރުގައި މިވަނީ ރާއްޖެއަށް ޖެއްސި ބޯޓުގެ ފޮޓޯއެކެވެ.