އަރަބި ޤައުމުތަކުގެ އާންމު ސަރަހައްދުތަކަށް ހަމަލާ ނުދޭކަމަށާއި އެކަން ކުރަނީ އިޒްރޭލުން ކަމަށް އިރާނުން ބުނެފައި އޮއްވައި، އިރާނުން ހަމަލާ ދޭކަމަށް މުއިއްޒު ބުނެފިއެވެ. އިރާނުން އަރަބި އިސްލާމީ ޤައުމުތަކުގެ އާންމު ސަރަހައްދު ތަކަށް ހަމަލާ ދޭކަމަށް ނިންމައި މުއިއްޒު ބުނެފައިވަނީ:
މުސްލިމް އަރަބި ޤައުމުތަކަށް ހަމަލާ ދިނީމާ ހަމަ މުސްލިމުން މަރުވާނީވެސް. މުސްލިމުންގެ ތަންތަން ހަލާކު ވާނީވެސް.
ނަމަވެސް އިރާނުން ވަނީ ތަފާތު އެކި ފަހަރު މަތިން މުސްލިމު ޤައުމުތަކަށް އެފަދަ ހަމަލާއެއް ނުދޭކަން ހާމަ ކޮށްފައެވެ. މިގޮތުން އިރާނުން ޒިންމާ ވެފައިވަނީ އަރަބި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށާއި، އެމެރިކާގެ އިންވެސްޓްމެންޓްތައް ހުރި އިންވެސްޓްމެންޓްތަކަށް ދިން ހަމަލާތަކަށް އެކަންޏެވެ.
މި ނޫން ތަންތަނަށް، މިސާލަކަށް އެއަޕޯޓްތައް ކައިރި އަށާއި، އާންމުން އުޅޭ ސަރަހައްދުތަކަށް އިރާނުން ހަމަލާ ދޭކަން ދެއްކުމަށް އިޒްރޭލުން ހަމަލާ ދެމުން ދާކަމަށް އިރާނުން ވަނީ ސާފުކޮށް ހާމަކޮށްފައެވެ. އެކަން ދޮގު ވާހެން ރައީސް މުއިއްޒު އިރާނާއި ދެކޮޅަށް ވާހަކަ ދެއްކީ ކޮން ޤައުމަކުން މުއިއްޒު ހޯދި އިންޓެލް މައުލޫމާތެއްގެ މައްޗަށް ބިނާކޮށްފައި ކަމެއް ހާމަ ކޮށްފައި ނުވެއެވެ. ރައީސް މުއިއްޒު ވާހަކަ ދެއްކި މޭރުމުން އިރާނާއި މެދު ދޮގު ތުހުމަތުކޮށް މިވަގުތު ވާހަކަ ދައްކަމުންދާ ހަމަ އެކަނި ޤައުމަކީ އިޒްރޭލެވެ.