މަހުޖަނު ސަރަނގު އާދަން މަނިކު މުއިއްޒު ފަޅިއަށް: ހުންނެވީ 40 ވޯޓުގެ "ރިކޯޑެއް" ހާސިލް ކޮށްގެން

މަހުޖަނު ސަރަނގު އާދަން މަނިކު މުއިއްޒު ފަޅިއަށް: ހުންނެވީ 40 ވޯޓުގެ "ރިކޯޑެއް" ހާސިލް ކޮށްގެން

ކޮންމެ ވެރިކަމެއްގައި، ދައުލަތުން ނުހައްޤުން ފައިދާ ހޯދާ ބަޔަކު އުޅެއެވެ. ސަރަނގު އަދަން މަނިކު މިދިޔަ ސަރުކާރު ނިމެންދެން ހުންނެވީ ސިޔާސީ "މޮޅު"ކަން ދައްކައިގެން ރައީސް ސޯލިހު އަރިހުގައި އެ މޮޅު ހޯދެއްވުމުގައެވެ. ރައީސް ސޯލިހުގެ ކެމްޕެއިންގެ އެންމެ އިސް ސަފުގައި މަހުޖަނު ސަރަނގު ހުންނެވިއެވެ. 2023ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ކޮށްލުމުގައި ކެމްޕޭނުގެ ދޯދިޔާކަން ބޮޑު ދައުރެއް އަދާކުރި އިރު ދެން އެންމެ ބޮޑު ދައުރެއް އަދާ ކުރީ ސަރަނގު އާދަން މަނިކު ފަދަ ރައްޔިތުންގެ ތެރޭގައި އިންތިހާއަށް މަގުބޫލުކަން ކުޑަ މީހުންނެވެ.

ސަރަނގު އާދަން މަނިކުގެ ސިޔާސީ މޮޅު މުފައްކިރަކަށް ވެގެން ވެރިންނަށް ދައްކާ އެކްޓަކީ Napoleon Bonaparte މެން ފަދަ ވެރިންވެސް ސިހިގެން ދާނެ ފަދަ "މޮޅު" ސިޔާސީ އާޓެކެވެ. އެ އެކްޓުގައި މުހައްމަދު ނަޝީދު ޖެއްސެވިއެވެ. ޑރ ވަހީދު ޖެއްސެވިއެވެ. ޑރ ވަހީދުގެ ދެވަނަ ދައުރުގެ ކެމްޕޭނުގެ އެންމެ އިސް މީހަކީ ތިމަންނާ ކަމަށް ބުނަމުން ދަނިކޮށް %5 އިން ވީ ފެއިލްއެވެ. މަހުޖަނު ސަރަނގު ދެން ހުންނެވީ ރައީސް ޔާމީނުގެ ވެރިކަމުގެ ދިފާޢުގައެވެ. އެއަށް ފަހުން ރައީސް ސޯލިހުގެއެވެ.

މަހުޖަނު ސަރަނގު އާދަން މަނިކުގެ ސިޔާސީ ކުޅަދާނަ ކަމާއި މޮޅުކަމާއި އެ ވިދާޅުވާ ފައިލަސޫފި ވާހަކަ ތަކުގެ ފުންނާބު އުސްކަން އެންމެ ބޮޑަށް ހާމަވީ 2019 މަޖިލީސް އިންތިހާބުގައެވެ. ހޯއްދެވީ ރިކޯޑު އަދަދެކެވެ. ކުރިމަތި ލެއްވި މައްޗަންގޮޅި ދާއިރާއިން ލިބުނީ 40 ވޯޓެވެ. ދުވަހަކު މީހަކު ނުދަންނަ، ސިޔާސީ ކަމެއްގައި ނުވެސް އުޅޭ އާމިނަތު ޝިރުނާ ކިޔާ ފަރާތެއްވެސް ހަމަ އެ ދާއިރާއިން އެފަހަރު 106 ވޯޓު ހޯއްދެވިއެވެ.

ސަރަނގު އާދަން މަނިކު ފަދަ ކިބުރުވެރި ބޮޑާ މީހުންނަކީ ރައްޔިތުން ބަލައިގަންނަ ބައެއް ނޫނެވެ. މިފަދަ މީހުން އަރާ ފަޅިން ރައްޔިތުން ތިބެންވީ ފަޅި އަމުދުން އިތުރަށް ސާފުވެގެން ދެއެވެ. ރާއްޖޭގެ ވެރިކަމާއި ހަވާލުވެފައިވާ ގިނަ ބައެއްގެ ވެއްޓުމަކީ ޅީ ހަނޑޫ ވަކި ކުރަން ނޭނގުމެވެ. އެހެން ނޫނަސް ވެރިކަމުގައި އުމުރު ދުވަހު ހުރުމަށް އަދި މާ ބޮޑަށް ޑެސްޕަރޭޓްވެ، އާންމުންގެ މަގުބޫލުކަން އިންތިހާއަށް ގެއްލިފައިވާ މުއިއްޒު ފަދަ ފަރާތްތަކަށް ޅީ ހަނޑޫ ފުކެއްވެސް ވާނީ ޖަވާހިރަކަށެވެ. ސަރަނގު އާދަން މަނިކު މުއިއްޒުގެ ފަޅިއަށް ފާޅުގައި އެރުމުން، މުއިއްޒުގެ ވެރިކަން ވެއްޓުމުގެ އަޖަލު އައިސް ޖެހިއްޖެކަން ޝައްކެއް ނެތް މިންވަރަށް މިއަދު ރައްޔިތުންނަށް ކަށަވަރު ވެއްޖެއެވެ.

ޚިޔާލު ފާޅުކުރައްވާ