5 މިނުޓު ތެރޭ ދުނިޔޭގެ ބޮޑެތި ބާރުތަކާއި ޖެހިގަނެ، މުއިއްޒު ވަނީ އެމެރިކާއާއި އިރާންއާއި މެދުއިރުމަތީ ހުރިހާ ޤައުމެއް ރުޅިއަރުވައި ރާއްޖޭގެ ދުޝްމަނުންނަށް ހަދާފައި

5 މިނުޓު ތެރޭ ދުނިޔޭގެ ބޮޑެތި ބާރުތަކާއި ޖެހިގަނެ، މުއިއްޒު ވަނީ އެމެރިކާއާއި އިރާންއާއި މެދުއިރުމަތީ ހުރިހާ ޤައުމެއް ރުޅިއަރުވައި ރާއްޖޭގެ ދުޝްމަނުންނަށް ހަދާފައި

މިއީ ދުނިޔޭގެ ވެރިއަކު މިހާތަނަށް ހާސިލް ކުރި ރިކޯޑެއް ނޫނެވެ. 5 މިނުޓު ތެރޭ މުއިއްޒު ވަނީ އެމެރީކާގެ އިތުރުން އިރާން އާއި މެދު އިރުމަތީގެ އަރަބި ޤައުމުތައް ރުޅި އަރުވާލާފައެވެ. އަދި ރާއްޖޭގެ ދުޝްމަނުންނަށް ހަދާފައެވެ.

އެމެރިކާ ރާއްޖެ ދެކެ ރުޅި އައުން

އެމެރިކާ ރާއްޖެ ދެކެ ރުޅި އައުމަށް މެދުވެރިވި ސަބަބަކީ މުސްލިމުން ނޫން މީހުންނަށް ހަމަލާ ދިނުމަށް ގޮވާލައި، މެދުއިރު މަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިނުމަށް ގޮވާލުމެވެ. އެމެރިކާއިން ރާއްޖެއައިިސް ހުންނެވި ފަރާތުން މުއިއްޒު އާއި އޮތް އެޕޮއިންޓްމެންޓަށް އިޚްތިރާމް ނުކޮށް ފުރައިގެން ދިޔައީ އެހެންވެއެވެ.

މެދުއިރުމަތީ އަރަބި އިސްލާމީ ޤައުމުތައް ރުޅިއައުން

މެދުއިރުމަތީ ތިބި އަރަބި އިސްލާމީ ޤައުމުތައް މުއިއްޒު ރުޅި އަރުވާލީ، އެގައުމުތަކުގެ ސަލާމަތަށްކަމަށް ވިސްނައިގެން އެ ޤައުމުތަކުން ބަހައްޓާފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ބުނުމުގެ އިތުރުން، ހުއްޓުމެއް ނެތި ރެއާއި ދުވާލު އިޒްރޭލަށް ހަމަލާ ދިނުމަށް މުއިއްޒު ގޮވާލުމުންނެވެ. މެދުއިރުމަތީ ހުރިހާ މުސްލިމް ޤައުމުތަކުން ބޭނުން ވަނީ މި ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށެވެ. މި ހަނގުރާމަ ކުރަމުންދާ ކޮންމެ ދުވަހަކީ އެއިން ކޮންމެ ޤައުމަކަށް ބިލިއަނުން ގެއްލުން ވަމުންދާ ދުވަހެކެވެ. އިރާނާއި އިޒްރޭލު ހަނގުރާމައެއް ކޮށްފި ނަމަ، އެއިން ފޫ ނުބެދޭ ވަރުގެ ގެއްލުން ވާނެ ކަމަށް ބުނެ އަރަބި ޤައުމުތަކުން ދިޔައީ ހަނގުރާމަ ނުފެށުމަށް އެމެރިކާގައި އާދޭސް ދަންނަވަމުންނެވެ. ސުލްހަވެރި އެއްބަސްވުމަށް އައުމަށް ދިޔައީ ހުއްޓާނުލައި މަސައްކަތް ކުރަމުންނެވެ. ހުއްޓާ ނުލައި ރެއާއި ދުވާލު އިޒްރޭލަށް ހަމަލާ ދިނުމަށް ގޮވާލި ގޮވާލުމަކީ ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ގޮވާލި ގޮވާލުމެކެވެ. ހާއްސަކޮށް އެއްބަސް ވުމަކަށް އައުމަށް އިރާން އާއި އެމެރިކާއިން ވާހަކަ ދައްކަމުންދާ މިފަދަ ދަނޑިވަޅެއްގައި ޤައުމެއްގެ ވެރިއަކު އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް ހީކުރާނެ ދުނިޔޭގެ އެއްވެސް ޤައުމެއް ނެތެވެ. މިއީ އަރަބި ޤައުމުތަކަށް ލިބުނު ބޮޑު ސިހުމެކެވެ. އަދި މިއީ މުއިއްޒުގެ ކިބައިން އެއިން އެއްވެސް ޤައުމެއް ދުވަހަކުވެސް ޤަބޫލު ކުރާނެ ވަރުގެ ކަމެއް ނޫނެވެ.

އިރާން ރުޅި އެރުވުން

މެދުއިރުމަތީ ޤައުމުތަކުގެ އާންމު ސަރަހައްދުތަކަށް ދެމުންދާ ހަމަލާ ތަކަކީ އިރާނުން ދޭ ހަމަލާ ތަކެއް ނޫން ކަމަށާއި އެ ޚަމަލާތައް ދެމުން ދަނީ އިޒްރޭލުން ކަމަށް އިރާނުން ތަކުރާރުކޮށް ބުނަމުން ދަނިކޮށް އެކަން ދޮގުކޮށް މެދުއިރު މަތީ އާންމުން އުޅޭ ސަރަހައްދުތަކަށް އިރާނުން ހަމަލާދޭކަމަށް ޤައުމެއްގެ ރައީސް އަކު ބުނުމަކީ އިޒްރޭލުގެ ޓޯކިންގ ޕޮއިންޓްތައް ބޭނުން ކޮށްގެން މުއިއްޒު ވާހަކަ ދެއްކުމެވެ. މިއީ މިހަނގުރާމައާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން އިރާނުން މެދުއިރުމަތީގެ އެހެން ޤައުމުތަކާއި ސުލްހަވުމަށް ކުރަމުންދާ މަސައްކަތަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެހެން ޤައުމެއްގެ ވެރިއަކު އަނގަ ބޭނި ފުރަތަމަ ފަހަރެވެ. މިކަމުގެ ސަބަބުން އިރާނު ވަނީ ރާއްޖެ ދެކެ އިތުރަށް ހިތްހަމަ ނުޖެހިފައެވެ.

މުއިއްޒުގެ ނާގާބިލު ކަމާއި، ގަމާރުކަން އިންތިހާ

5 މިނުޓު ތެރޭ ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކާއި މުއިއްޒު ޖެހިގަތް އިރު، މި ކުރެވޭ ނުކުރެވޭ ކަމެއްވެސް މުއިއްޒަށް ނޭނގެއެވެ. ފޮރިން މިނިސްޓަރަކަށް ހުރި ޚަލީލުގެ ފެންވަރަކީ ގްރޭޑް 5ގެ ފެންވަރެވެ. ޚަލީލުގެ ބެސްޓް ފްރެންޑަކީ ބޮޓޭކޯ ފަލާހު އެވެ. ޚަލީލުގެ ފެންވަރު މިވަރުންވެސް ސާފުވާނެއެވެ. މުއިއްޒު އަކީ ދުނިޔޭގެ ވާނުވާ ނޭނގޭ ވައްކަމާއި މަކަރާއި ދޮގު ހެދުން ނޫން އެއްވެސް ކަމެއް ނުދަންނަ މީހެކެވެ. މުއިއްޒު ހިތުން ރާވައިގެން މަސައްކަތް ކުރީ އިރާނުގެ ފަޅިއަށް ނިކަން ރަނގަޅަށް އަރައި ވާހަކަ ދައްކާލުމަށެވެ. އެކަން ކުރާކަށްވެސް ނޭނގުނެވެ. ގޮވީ އަތަށެވެ.

ހަނގުރާމައެއްގައި ކުޑަ ޤައުމުތަކުން ހިފަހައްޓަން ޖެހެނީ Non-Aligned ޕޮލިސީއެކެވެ. ލަންކާއިން އެގެންގުޅަނީ ވަކި އަތަކަށް ނުޖެހޭ އެޕޮލިސީއެވެ. އެކަން އެޤައުމުގެ ރައީސް މަޖިލީހުގައި ދާދިފަހުން ހާމަވެސް ކުރެއްވިއެވެ. ލަންކާއަށް އިރާންއާއި ގާތް ގުޅުމެއް އުފެއްދުނީ އެ ޕޮލިސީގެ ތެރެއިންނެވެ. ނަމަވެސް Non-Aligned އެއީ އޮންނަ ޕޮލިސީއެއް ކަމެއްވެސް މުއިއްޒަށް ނޭނގޭނެއެވެ. ޕްރެސްގައި މުއިއްޒުގެ ވާހަކަ ތައް ހުރީ ބާޒާރު މަތީ މިއުޅޭ ތަންދޮރު ނުދަންނަ ދަމާކަނޑާ މީހުންނާއި އެއް ލެވެލްއެއްގައެވެ.

ޚިޔާލު ފާޅުކުރައްވާ