އެމެރިކާގެ ހަނގުރާމަ މަތީ ބޯޓުތައް ރާއްޖެ ނުޖައްސާނެ ކަމަށް ބުނިތާ 4 ގަޑިއިރު ނުވަނީސް އިރާނަށް ހަމަލަދޭ އެމެރިކާގެ ދެބޯޓެއް އިއްޔެ ރާއްޖެ ދެބޯޓެއް އިއްޔެ ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކޮށްފިއެވެ. ރާއްޖޭގެ ވައިގެ ސަރަހައްދު އިރާނާއި ދެކޮޅަށް ހަމަލާ ދިނުމަށް ބޭނުން ކުރެވޭނީ ދިވެހި ސަރުކާރުން ހުއްދަ ދިނުމުން އެކަންޏެވެ.
ޔޫއެސް އެއާ ފޯސްގެ ބޮއިންގ ސީ-17 ގްލޯބްމާސްޓާ III އަކާއި ޔޫއެސް ނޭވީގެ ސީ-40 ކްލިޕާ އެއް ޑިއެގޯ ގާސިއާއަށް ދަތުރުކޮށްފައި ވަނީ ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކޮށްގެންނެވެ. މި ދެ ފްލައިޓުވެސް ދަތުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފް.އައި.އާރް) ތެރެއިންނެވެ.
ސީ-17 ގްލޯބްމާސްޓާ III އަކީ މައިގަނޑު ގޮތެއްގައި ސިފައިންނާއި މުދާ ދުރު ރާސްތާތަކަށް ސްޓްރެޓީޖިކް އެއާލިފްޓް ކުރުމަށް ބޭނުންކުރާ މަތިންދާބޯޓެކެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ފްލައިޓުން ވަނީ ޑިއެގޯ ގާސިޔާއަށް އިރާނަށް ހަމަލާ ދިނުމަށް ހަތިޔާރާއި މީހުން އުފުލާފައެވެ. ސީ-40 ކްލިޕާ އަކީ މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމާއި މިޝަން ސަޕޯޓް ދަތުރުތަކަށް ބޭނުންކުރާ މަތިންދާބޯޓެކެވެ.
ހަނގުރާމަ މަތީ މި ދެ ބޯޓު ރާއްޖެގެ ސަރަހައްދުން ދަތުކުރު ކުރިކަން މި ނޫހަށް ކަށަވަރު ކޮށްދީފައިވަނީ އޭވިއޭޓާރސް މޯލްޑިވްސް އިންނެވެ.