އެޓޯލްސް މިނިސްޓްރީ އަލުން އައުން: އަތޮޅު އޮފީސްތައް ދެން ހިނގާނީ މާލޭގެ ވުޒާރާއަކުން

އެޓޯލްސް މިނިސްޓްރީ އަލުން އައުން: އަތޮޅު އޮފީސްތައް ދެން ހިނގާނީ މާލޭގެ ވުޒާރާއަކުން

އައު ކައުންސިލް ހުވާކުރާ ހިސާބުން އަތޮޅު ކައުންސިލްތައް އުވުނަސް، އެ އޮފީސްތައް މާލޭގައި ހުންނަ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ދަށުން ހިންގާނެ ކަމަށާއި، ހަމައެކަނި ތަފާތަކީ ކައުންސިލް މެންބަރުން ނެތުން ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ

"އަތޮޅު ކައުންސިލް އުވިގެންދާއިރުގައި ކިހިނެއްތޯ އެތަންތަނުގައި ހުރި ވަސީލަތްތަކަށް ވެގެންދާނީ. އެ ވަސީލަތްތަކަކީ މިހާރުވެސް އަތޮޅު ކައުންސިލަށް ނިސްބަތްވާ ތަކެތި ކަމަށް ވީމާ، އެތަންތަނުގައި ހުންނަ އެއްޗެއްސަކީ ހަމަ އަތޮޅަށް ނިސްބަތްވާ ގޮތަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެލް.ޖީ.އޭއިން އުފައްދާ އޮފީހުގައި، އެ ތަކެތީގެ ރައްކާތެރިކަން، މިލްކުވެރިކަން ހަމަ އަތޮޅުގައި ރައްޔިތުންނަށް އޮންނަގޮތަށް އަޅުގަނޑުމެންނަށް އެކަންކަން ތަރުތީބުކުރެވިގެންދާނެ ގޮތަކަށް ކަންތައްތައް ތަރުތީބުކުރަން" އާދަމް ޝަރީފް ވިދާޅުވިއެވެ

މިނިސްޓަރ ވިދާޅުވީ މި ބަދަލާ އެކީގައި މިހާރު މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން  ލިބޭ ފައިސާ ވެސް އެލްޖީއޭ އިން އުފައްދާ އަތޮޅަށް ނިސްބަތްވާ އިދާރީ ބަޔަށް އެ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެންވީމާ، އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާއި އަދި އަތޮޅަށް އޭގެ ސަބަބުން ލިބޭނެ އެއްވެސް އުނިކަމެއް ނާންނާނެ ކަމަށާއި، މިހާރެކޭ އެއްގޮތަށް އެ ކަންތައްތައް ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ

ޚިޔާލު ފާޅުކުރައްވާ