ދެ އިންތިހާބު އެެއްކޮށްލުމުން ފައިދާ ކުރާނީ ވެރިކަމުގައި ތިބޭ ބަޔަކަށް ކަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ޑރ. ހަސަން ހަމިދަކީ ރާއްޖޭގެ އެންމެ އިލްމީ އަދި ސިޔާސީ ގޮތުން ވަކި އަތަކަށް ނުޖެހި، ހަމަޔަށް ބަސް ބުނާސ ބޭފުޅެކެވެ. ޑރ. ހަސަން ހަމީދު އާންމުކުރެއްވި ލިޔުއްވުމެއްގައި ދެ އިންތިހާބު އެއްކުރުމުން ވާނެ ފައިދާތަކާއި ގެއްލުމުގެ މައްޗަށް ބަލާފައިވެއެވެ. އިންތިހާބުތަކާއި ރެފެރަންޑަމްތައް ގިނައިން ބޭއްވުމަކީ ރައްޔިތުންނަށް ފައިދާކުރާނެ ކަމެއްގެ ގޮތުގައި ހަސަން ހަމީދު ފާހަގަކުރެެއްވިއެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ވާނެ ފައިދާތަކުގެ މައްޗަށް ހަސަން ހަމީދު ލިޔުއްވާފައިވެއެވެ:
- މެންބަރުންނާއި ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުން، އިންތިޚާބުން ހޮވެނީ ބޮޑެތި އަމިއްލަ ނުވަތަ އެހެން ފަރާތްތަކަކުން ފައިސާ ޚަރަދު ކޮށްގެން. ޢާއްމު ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކަށް ވޯޓު ގަތުމަށް ފައިސާ ދީގެން. މިހާރު އޮންނަ ގޮތުން، ފަސް އަހަރެއްގެ ތެރޭގައި، ޢާއްމުންނަށް ދެ ފަހަރު ވޯޓު ހޯދުމަށް ފައިސާ ޚަރަދު ކުރަން ޖެހޭ. މި ބަދަލު ގެނައުމުން، ވޯޓުލާ މީހުންނަށް ފައިސާ ޚަރަދު ކުރަން ޖެހޭނީ އެންމެ ފަހަރަކު
- އިންތިޚާބާ ދިމާކޮށް ތާއީދުހޯދަން ކުރާ ޚަރަދު، އިންތިޚާބު ބޭއްވުމުގެ ޚަރަދަށް ވުރެ ފަސްގުނަ އިތުރު ކަމަށް ބައެއް ފަރާތްތަކުން ލަފާ ކުރޭ
- ކެމްޕެއިން ކުރަން އުޅުމުގެ ބަދަލުގައި، އެމީހުންގެ މަސްއޫލިއްޔަތުގައި ޤަރާރުވެ އުޅުމަށް އިތުރު ވަގުތު ލިބުން
- އިންތިޚާބު ހިންގުމުގައި އިދާރީ ގޮތުން ފަސޭހަތައް ހުރުން
ޑރ. ހަސަން ހަމީދު ފާހަގަކޮދސްފައިވާ ގޮތުގައި، ރާއްޖޭގައި، ފަސް އަހަރެއްގެ ތެރޭގައި ދެ ފަހަރު އިންތިޚާބު އޮތުމުން، މެންބަރުން ވެސް، އަދި ރައީސަކު ވެސް ދެ ފަހަރު ރައްޔިތުންގެ ކުރިމައްޗަށް ނުސީދާ ގޮތެއްގައި ނުކުންނަން މަޖުބޫރު ވެއެވެ
"ރާއްޖޭގައި މި ވަގުތު އޮތް ޑިމޮކްރެސީގެ ސަގާފަތާ އަޅާ ބަލާއިރު، ދެ އިންތިޚާބު އެއްކޮށްލުމަކީ ޑިމޮކްރެޓިކް ރޫޙާ ނުވަތަ އީތޮސް އާ ގުޅޭ ކަމެއް ނޫނެވެ. ދެ އިންތިޚާބު އެއްކޮލުމުން، އަބަދުވެސް މަންފާކުރާ ގޮތަށް އޮންނަނީ ވެރިކަމުގައި ތިބި މީހުންނަށެވެ. މިއީ އިންޑިއާގައި ދެ އިންތިޚާބު އެއްކޮށްލުމާ ބެހޭ ގޮތުން އުފެއްދި ކޮމިޓީގެ އެއް ނިންމުމެވެ. މިހެން ނިންމިއިރު، ރާއްޖޭގައި ނޯންނަ، އަޚުލާޤީ މިންގަނޑެއް އިންޑިއާގައި އޮވެއެވެ. އެއީ، އިންތިޚާބަށް އިޢުލާނު ކުރުމަށް ފަހު، އެއްވެސް އައު ޕްރޮޖެކްޓެއް، މަޝްރޫޢުއެއް ވެރިކަމުގައި ތިބި ފަރާތުން އިޢުލާނުކޮށްގެން ނުވާނެ ކަމެވެ. ސިޔާސީ މަޤާމުތައް ނުއުފުއްދޭނެ ކަމެވެ. މިވާހަކަތައް މުހިއްމުކަމުން ތިރީގައި އެވަނީ އެ ލިޔުމުގެ ކަމާ ބެހޭ ބައެވެ" ހަސަން ހަމީދު ލިޔުއްވާފައިވެއެވެ" ހަސަން ހަމީދު ލިޔުއްވާފައިވެއެވެ.
ހަސަން ހަމީދުގެ ލިޔުއްވުން އެއްކޮށް ކިޔަން:
Referendum on holding parliamentary and presidential elections on the same day – Welcome!