މުއިއްޒުގެ ސަރުކާރުގެ އިހުމާލުން ތުއްތު ކުއްޖެއް މަރުވެއްޖެ: ހީނާ ބުރަކޮށް އުޅެނީ މުއިއްޒަށް ކެމްޕެއިންކޮށް އާފިހާރައެއް ހުޅުވުމުގައި

މުއިއްޒުގެ ސަރުކާރުގެ އިހުމާލުން ތުއްތު ކުއްޖެއް މަރުވެއްޖެ: ހީނާ ބުރަކޮށް އުޅެނީ މުއިއްޒަށް ކެމްޕެއިންކޮށް އާފިހާރައެއް ހުޅުވުމުގައި

ބޭސްފަރުވާއަށް ބޭނުންވާ މެޑިކަލް ޓިއުބެއް ހޯދައިދިނުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް ހުށަހެޅި ހުށަހެޅުމަށް 8 މަސް ދުވަސް ވީއިރުވެސް ޖަވާބެއް ނުލިބި، އާއިލާއިން އާދޭސް ކޮށްކޮށް ތިއްބާ، ރައީސް މުއިއްޒުގެ ސަރުކާރުގެ އިހުމާލުން ފަރުވާ ނުލިބި ހާލު ދެރަވެގެން ތުއްތު ކުއްޖެއް ކަމަށްވާ އަޒާން 25 މާރިޗު 2026 ގައި ނިޔާވެއްޖެއެވެ.

އަޒާންގެ ޢާއިލާއާއި އެ ޢާއިލާގެ ފަރާތުން ވަކާލާތު ކުރަމުން ދިޔަ ފަރާތްތަކުން އެންސްޕާ ގައި ތަކުރާރުކޮށް އެދެމުން ދިޔައީ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ބޭނުންވާ ޓިއުބެއް ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެ އެދުންތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެކަށީގެންވާ ސްޕީޑެއްގައި ޖަވާބެއް ދީފައެއް ނުވެއެވެ. އަދި މިކަމާއި އެއްވެސް ވަރަކަށް އަޅާލާފައެއް ނުވެއެވެ.

ސިޔާސީ ގޮތުން އެއް ލައްކައެއްހާ މީހުންނަށް ވަޒީފާ ދީގެން އެއާއިލާ ތަކުގެ ވޯޓު ރައީސް މުއިއްޒު ޔަގީން ކޮށްގެން ހުންނެވުމުން، ވޯޓަށް އިތުރަށް ބޭނުންވާ ބޮޑު އާއިލާއެއް ނޫނިއްޔާ އިތުރު ރައްޔިތެއް މިއަދު މުއިއްޒަށް މުހިންމު ނޫން ކަން، އެންމެ 100 ޑޮލަރަށް ލިބޭ ޓިޔުބެއް ފޯރުކޮށް ނުދެވުމުން ހާމަވެގެން ދާ ކަމަށާއި، ބޭހާއި ސިއްޚީ ހައްޤު ސަލާން ޖަހައިގެންވެސް ނުލިބޭ ކަމަށް މިކަމާއި ގުޅިގެން ޝުއޫރު ފާޅު ކުރި ފަރާތެއް މި ނޫހަށް ހާމަކުރެއްވިއެވެ.

އެންސްޕާގެ ވެރިން ހާއްސަކޮށް އެންސްޕާގެ އެމްޑީ ކަމަށް އައްޔަން ކޮށްފައިވާ ހީނާ އުޅުއްވަނީ އަމިއްލަ ފިހާރައެއް ހުޅުވުމުގައި އާއި ފެންނަ ނުފެންނަ ވޯޓަށް މުއިއްޒަށް ކެމްޕެއިން ކުރުމަށް ދޮރުން ދޮރަށް ސާޖިދާ އާއި އެކު ހިނގުމުގައެވެ.

އެންސްޕާ ގައި ޖަވާބު ނުލިބި ހުރީ ހަމައެކަނި އަޒާންގެ ފައިލެއް ނޫން

މި ހާދިސާ ވަކި އެކަހެރި ކޭސްއެއް ނޫންކަން ފާހަގަ ކުރަން ޖެހެއެވެ. އެންސްޕާގައި މިވަގުތުވެސް އެތައް ހާސް އެޕްލިކޭޝަނެއް ޖަވާބު ނުލިބި ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ފަޤީރު ޢާއިލާތަކާއި، މެދުފަންތީގެ ޢާއިލާތަކާއި، ނާޒުކު ހާލަތްތަކުގައި ތިބި އެތައް ބަޔަކު ދައުލަތުގެ އެހީއަށް އެދި ހުށަހެޅި ފޯމުތައް ނިޒާމުގެ ތެރޭގައި މުހިންމު ނޫންވެފައި އެބަހުއްޓެވެ.

ސަރުކާރުގެ ތަރުޖަމާނާއި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ބޮޑު މުސާރަ ނަންގަވަމުން، ސިޔާސީ ކެމްޕެއިންތަކަށް ވަގުތު ހޭދަ ކުރައްވަމުން ގެންދަވާއިރު، ރައްޔިތުންގެ ފުރާނައާ ގުޅުންހުރި ކަންކަމުގައި މިހާ ބޮޑު ލަސްކަމެއް އައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އައިޖީއެމް އެޗް އިން މި ނޫހަށް މައުލޫމާތް ދިން ފަރާތެއް ނަން ނުޖެހުމަށް ޝަރުތުކޮށް ހާމަ ކޮށްފައިވާ ގޮތުގައި މީހުން މަރުވުމުގެ އިތުރުން ސަރުކާރުން ފޯރުކޮށް ދޭން ޖެހޭ މިފަދަ ތަކެތި ނުލިބި އޮޕަރޭޝަން ތަކުގައި ލައްވަން ޖެހޭ ތަކެތި ނުލިބި އެމަޖެންސީގައި އޮޕަރޭޝަން ކުރަންޖެހި މީހުން އުމުރަށް ނުކުޅެދިފައިވާ ކަމަށެވެ.

މިފަދަ ތަކެތި ނުލިބެނީ ކޮރަޕްޝަންގެ ތެރެއިން ނޫން ގޮތަކަށް އެއްވެސް ޕްރޮކިޔުމެންޓެއް ކުރިއަށް ނުދާތީ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެކަން ސިއްރުން ކުރުމަށް ބޭނުންވާ ވަގުތު ހޯދުމަށް އަދި އެމަޖެންސީގައި އެއްޗެހި ގަތުމަށް ސްޓޮކް ހުސްކޮށްފައި ބަހައްޓަނީ ބިޑަކަށް ނުގޮސް ތަކެތި ބޭނުން ބަޔަކަށް ދީގެން ގެނައުމަށް ކަމަށް އޭނާ މައުލޫމާތު ދެއެވެ.

ޖަވާބުދާރީ ވާންޖެހޭ ފަރާތްތައް

ހިނގަމުން ދާ ހުރިހާ ކޮރަޕްޝަނަކުން ރައީސް މުއިއްޒު ފައިސާ ނަގާކަން އެއީ ސިއްރު ވާހަކައެއް ނޫނެވެ. ހުރިހާ މުއައްސަސާއެއް ކޮރަޕްޓްކޮށް ވައްކަން ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް މުއިއްޒު ކަމަށް އެ މުއައްސަސާތަކުގެ އެންމެ އިސްވެރިން ވިދާޅުވެއެވެ. އެހެންކަމުން މިފަދަ މަރުތަކުގެ ޒިންމާ ނަންގަވަން ޖެހެނީ ސީދާ ރައީސް މުއިއްޒުއެވެ.

ސޯޝަލް މީޑިޔާގައި މި ޓިޔުބު ނުލިބިގެން އާއިލާއިން ކުރި މަސައްކަތްވެސް ރައީސް މުއިއްޒަށް ކައިރިން ފެނިވަޑައިގަންނަވާނެއެވެ. ނަމަވެސް ރައީސް މުއިއްޒަށް މިކަން މުހިންމު ނުވީ ރައްޔިތުންގެ މައްޗަށް އެއްވެސް ވަރެއްގެ ހަމްދަރުދީއެއް ނެތުމުންނެވެ. އަދި ދައުލަތުން ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް، އެ ފައިސާއިން ވަޒީފާދީ އެތައް ބަޔަކު ވަޒީފާގެ އަޅުންނަށް ހަދައިގެން ކޮންޓްރޯލްކޮށް، ބާކީ ތިބި ރައްޔިތުންނަށް ގަދަބާރު ދައްކައި ބިރުގަންނަވައިގެން ވެރިކަން ކުރަން އުޅުން ނޫން އިތުރު އެއްވެސް ކަމެއް ރައީސް މުއިއްޒު ނުކުރަވައެވެ.

ޚިޔާލު ފާޅުކުރައްވާ