ރައްޔިތުން ބޭނުންވަނީ އެ ސިޓީއެއްގެ ތަރައްޤީގެ ކަންކަމުގައި ރައްޔިތުންގެ ބަސްކަމަށާއި, އެ ސިޓީގައި މާލޭގައި އިންނަ ބޮޑު "ދޮގު ބޮނޑި" އެއްގެ ބަހެއް ރައްޔިތުން ބޭނުމެއް ނުވާކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ
މޭޔަރ ޢާޠިފް ވިދާޅުވީ, ލާމަރުކަޒީ ނިޒާމު ނުދަންނަ, އެ ނިޒާމު ޤަބޫލު ނުކުރާ ބަޔަކު ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާނެ ކަމެއް ނެތްކަމަށެވެ. މިގޮތުން, ރައްޔިތުން ތިބީ އެފަދަ ޓީމަކަށް ވޯޓު ދޭކަށް ނޫންކަމަށާއި, ރައްޔިތުން ބޭނުންވަނީ އެ ރަށެއްގައި ރައްޔިތުންގެ ވެރިކަމެއް އޮންނަން ކަމަށް މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ
ސިޔާސަތު މި ކިޔަނީ ރައްޔިތުންގެ ގާތަށް ގޮސް އަހާ, ރައްޔިތުންނަށް ހުރި ދައްޗަކީ ކޮބައިތޯ އާއި, އެ ރައްޔިތުންގެ ޙާލަތު ބަދަލުކުރެވޭނެ ގޮތަކީ ކޮބާތޯ ބަލައި, އެކަން ޙާޞިލް ކުރުމަށް ލިޔާ ލިޔުންތަކެެއްގެ މައްޗަށް ކަމަށާއި, އަދި އެއީ އެކަން ކަން ކުރާނެ ގޮތް ހޯދައި ބަލައި, ޔަގީން ވީމައި ލިޔާ އެއްޗެއް ކަމަށްވެސް މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ