ރާއްޖޭގައި ކޮންމެ އިންތިޚާބީ ދައުރަކާ ދިމާކޮށް އައު ސިޔާސީ ޕާޓީތައް އުފެއްދުމުގެ ސަގާފަތެއް އޮންނަ ކަމަށާއި، ނަމަވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޮތީ އުފެދުނީއްސުރެ އެއް ނަމެއްގައި، އެއް ފިކުރެއްގައި ސާބިތުވެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ
އެމްޑީޕީގެ ނަމަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ބަދަލުނުވެ އޮތް، ވަރުގަދަ އައިޑެންޓިޓީއެއް ކަމަށާއި، އެއީ ރައްޔިތުންނަށް އޮޅޭނެ ބްރޭންޑެއް ނޫންކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އައު ޕާޓީތަކުން ވާ ވައުދުތަކާ މެދު ސުވާލު އުފައްދަވައި، އެކަންކަމުގެ އަމަލީ ނަތީޖާ ނުފެންނާތީ އޮތް ކަންބޮޑުވުން އޭނާ ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
ރައްޔިތުންގެ ތާއީދަށް އެދިވަޑައިގަންނަވަމުން އޭނާ ވަނީ، ގައުމާއި ރައްޔިތުންގެ ހައްގުގައި އެމްޑީޕީގެ ސިޔާސަތުތައް ދެމެހެއްޓުމަށްޓަކައި އެ ޕާޓީގެ ރަމްޒު ކަމުގައިވާ ތިލަފަތަށް ވޯޓު ދެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ