ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚުދުމުޚުތާރުވުމުގެ ވިސްނުމެއްކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި 10 އަހަރުގެ މުއްދަތަކަށް ބަންޑާރަ ނައިބުކަން ކުރެއްވި ޑރ. މުހައްމަދު މުނައްވަރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ އިންތިޚާބު އެއް ތާރީޚެއްގައި ނުވަތަ އެކުގައި ބޭއްވުމަކީ ދައުލަތް ހިންގުމުގައި އިސްކޮށް ތިބޭ މީހުން ޖަވާބުދާރީ ކުރުވުމާ ދުރު ކުރުވުމެއް ކަމަށެވެ
މުނައްވަރު ވަނީ ގިނަގިނައިން ވެރިން ރައްޔިތުންގެ ގާތަށް އަންނަންޖެހޭ ގޮތަށް ބޭއްވުމަށް ގޮވާލައްވާފައެވެ