ފަސް ޕަސަންޓް ލިބުނު ވަހީދަށް ވުރެ ތާއީދު ދަށް ވެރިޔަކަށް މުޢިއްޒު ވެއްޖެ

ފަސް ޕަސަންޓް ލިބުނު ވަހީދަށް ވުރެ ތާއީދު ދަށް ވެރިޔަކަށް މުޢިއްޒު ވެއްޖެ

ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގެ ނަތީޖާއާ އެކު ސަރުކާރަށް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ. ފައިސާ އާ ވަޒީފާ ހައްދެއްް ނެތި ބެހި އިންތިހާބުން ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބަކާ ކުރިމަތިވެފައެވެ. ޕީއެންސީން ޒަމާނުއްސުރެ ހޯދަމުން އައި ދާއިރާތައްވެސް ވަނީ ޕީއެންސީއަށް ގެއްލިފައެވެ. ފެންނަ ނުފެންނަ ވޯޓްގައި ރައްޔިތުން ވަނީ ރައީސް މުޢިއްޒަށް %70 އިން ނޫނެކޭ ބުނެފައެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި އަބަދުވެސް އެންމެ ގިނައިން ކިޔޭ މިސާލަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކަށް ރިޔާސީ އިންތިހާބުން ލިބުނު %5އެވެ. ރައީސް ވަހީދު ވާދަކުރެއްވީ އެ މަނިކުފާނުގެ އަމިއްލަ ކުޑަ ޕާޓީއަކުންނެވެ. އެ އިންތިހާބުގައި އޭރުގެ ޕީއެންސީ ވިސްނުމުގެ ޕާޓީން ވާދަކުރީ ރައީސް ޔާމީނެވެ. ކުޑަ ޕާޓީއަކުން ވާދަކުރި ވަހީދަށް %5 ލިބުމަކީ ވެދާނެކަމެކެވެ. ނަމަވެސް ހުރިހާ އާރާއި ބާރު އޮވެ ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ސްޓޭންޑަށް %70 ނޫނެކޭ ބުނުމުން އެއީ ރައީސް ވަހީދަށް ލިބުނު %5 އަށް ވުރެ ދަށް ސިޔާސީ ތާއީދެއްގެ ގޮތުގައި މީހުން އަންނަނީ ސިފަކުރަމުންނެވެ.

ސަރުކާރަށް ލިބުނު ނާކާމިޔާބާ އެކު ވެރިކަން ކުރާ ޕީއެންސީ ފެންނަނީ ހިމޭންކޮށެވެ. ރައީސް މުޢިއްޒުވެސް އެއްވެސް ވާހަކަފުޅެއް ދައްކަވާފައިނުވެއެވެ.

1 ޚިޔާލު

  1. ލިޔާއެއްޗެއްލިޔާއިރު ހަމަހޭގަ ހުރެގެން ލިޔެބަ. މިކަހަލަ ލިޔުންތަކުގެ ސަބަބުން ބުނެވޭނީ ތިއަކުރައްވަނީ ނޫސްވެރިކަމެއް ނޫނޭ.......

ޚިޔާލު ފާޅުކުރައްވާ