ސިޔާސީ މަހުޖަނުންނަށް ދިވެހިން ނޫނެކޭ ބުނެފި

ސިޔާސީ މަހުޖަނުންނަށް ދިވެހިން ނޫނެކޭ ބުނެފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖްލީސް އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ނެގި އާންމު ފެންނަ ނުފެންނަ ވޯޓުގައި %70 ރައްޔިތުން ބުނީ ނުފެންނަ ކަމަށެވެ. މި އިންތިހާބުގައި ސަރުކާރާ އެއްކޮޅަށް ދިވެހި ރާއްޖޭގެ ނުފޫޒް ގަދަ ހުރިހާ މަހުޖަނުން އެރިއެވެ. ގާސިމް އިބްރާހިމް، ސަން ސިޔާމް، އަބްދުﷲ ޖާބިރު ފާޅުގައި ނުކުމެ ސަރުކާރުގެ ސްޓޭންޑަށް މަސައްކަތް ކުރިއެވެ. ބާރުގަދަ ވިޔަފާރި ވެރިޔާ އުއްޗުވެސް ކައުންސިލް އިންތިހާބުގައި ސަރުކާރާ އެކު ހުރިކަން ހާމަކުރިއެވެ. މާލޭގެ ގިނަ ވިޔަފާރިވެރިންތަކެއް ސަރުކާރަށް ތާއީދުކުރިއެވެ. ނަމަވެސް ރައްޔިތުން ބުނީ ނޫނެކޭއެވެ.

ގާސިމް އިބްރާހިމް، ސަން ސިޔާމް، އަބްދުﷲ ޖާބިރަކީ އެ އިރަކު އޮންނަ ސަރުކާރަކުން އަމިއްލަ ވިޔަފާރީގެ ބޮޑެތި ފައިދާތައް ހޯދާ މަހުޖަނުންނެވެ. ގާސިމް އިބްރާހިމް އާ މަހުޖަނުންގެ ބަހަށް ހެއްލޭ ބަޔަކު ކުރިން ތިބި ނަމަވެސް މިހާރު ވަނީ އެ މަންޒރު ބަދަލުވެފައެވެ.

މަހުޖަނުންނާ މުޅި ދައުލަތް އެއްކޮޅަށް އެރި އިރުވެސް ރައްޔިތުންގެ ވޯޓުން ކާމިޔާބުކުރީ ދެ އިންތިހާބު އެއްކޮށް ބާއްވަން ނުފެންނަ ކަމަށެވެ. ރައްޔިތުން މަހުޖަނުންނަށް ވެސް މި ދިނީ ވަރުގަދަ މެސެޖެކެވެ. ގޮތް ނިންމާނީ ނިކަމެތި އާންމު ރައްޔިތުންކަމެވެ. ކޮރަޕްޝާނާ ބޭއިންސާފު ފުދިއްޖެކަމެވެ.

ޚިޔާލު ފާޅުކުރައްވާ