އޭޕްރީލް މަހުގެ ނިޔަލަށް ގިރާވަރުފަޅު ހިއްކާ ނިމޭނެކަމަށް ރައީސް މުޙައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި އޮތް ނަމަވެސް، އެ މަސައްކަތް ނިންމޭނެކަމަށް ލަފާކުރެވެނީ މެއި މަހުގެ ނިޔަލަށްކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. ގިރާވަރުފަޅުގައި ހިއްކަން ކަނޑައަޅާފައި އޮތީ 169 ހެކްޓަރުގެ ބިމެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 54 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.
އެމްއޭސީއެލްއިން އެ މަސައްކަތް ފެށީ 31 ޖެނުއަރީ 2026 ގައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ 97 ހެކްޓަރުގެ ބިން ހިއްކުމަށެވެ. އޭގެ ތެރެއިން 44 ހެކްޓަރުގެ ބިން 9 އޭޕްރީލް 2026 ގެ ނިޔަލަށް ހިއްކާ ނިމިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ބާކީ ހުރި ބައި 31 މެއި 2026 ގެ ނިޔަލަށް ހިއްކާ ނިމޭނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ