ވަކި ކުރާނެ ކަމަށް ބުނާ 500 ސިޔާސީ މުވައްޒަފުންނަކީ ކުޑަ ކުޑަ އަދަދެއް: މިނިސްޓްރީތަކާއި ކުންފުނިތައް ހިމަނައިގެން 10،000 ވުރެ ގިނަ ސިޔާސީ މުއައްޒަފުން ތިބިކަމަށް ބެލެވޭ

ރައީސް މުއިއްޒުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް: 10 ވަޒީރަކު ވަކިކޮށް، މިނިސްޓްރީތައް 20 އިން 15 އަށް މަދުކޮށްފި. ޚަރަދު ކުޑަކުރުމަށް 500 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމައިފި.

ވަކި ކުރާނެ ކަމަށް ބުނާ 500 ސިޔާސީ މުވައްޒަފުންނަކީ ކުޑަ ކުޑަ އަދަދެއް: މިނިސްޓްރީތަކާއި ކުންފުނިތައް ހިމަނައިގެން 10،000 ވުރެ ގިނަ ސިޔާސީ މުއައްޒަފުން ތިބިކަމަށް ބެލެވޭ

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި ތިބި 500 ސިޔާސީ މުވައްޒަފުން ވަކިކުރުމަށް އާ ކެބިނެޓުގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ. މި ނިންމުމާއެކު ސިޔާސީ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކުގެ ވަޒީފާ ގެއްލިފައިވާއިރު، ވަކިކުރާ މުވައްޒަފުންގެ ލިސްޓު މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހިއްސާކޮށްފައެވެ. 

 ވަކި ކުރާނެ ކަމަށް ބުނާ 500 ސިޔާސީ މުވައްޒަފުންނަކީ ކުޑަ ކުޑަ އަދަދެކެވެ. މިނިސްޓްރީތަކާއި ކުންފުނިތައް ހިމަނައިގެން 10،000 ވުރެ ގިނަ ސިޔާސީ މުއައްޒަފުން ތިބިކަމަށް ބެލެވޭއިރު 500 މުއައްޒަފުން ކަނޑައިގެން މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވެއެވެ. 

ރައީސް މުއިއްޒު ވަނީ މީގެ ކުރިންވެސް ސިޔާސީ ވަޒީފާތައް މަދު ކުރައްވާ ކަން ދައްކަވާފައެވެ. ނަމަވެސް އެފަހަރުވެސް އެކަމުގައި ވެސް ހެއްދެވީ ދޮގެވެ. އެހެން ކަމުން ހަމަ އެގޮތަށް މިފަހަރުވެސް އެއްވެސް ސިޔާސީ މުއައްޒަފަކު ވަކި ކުރާނެ ކަމަކަށް ނުބެލެވެއެވެ.

ސަރުކާރުގެ މެންޑޭޓުތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން، މަރުކަޒީ އުސޫލުން ކަންކަން ހިންގުމުގެ ބާރު ފިނޭންސް މިނިސްޓަރަށް ދީފައިވާއިރު، ޕަބްލިކް ވޯކްސް މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަށްފަހު އުފެއްދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިހާރު ވަނީ އުވާލާފައެވެ. މި މިނިސްޓްރީ އުވާލުމާ ގުޅިގެން ސިވިލް މުވައްޒަފުންނާމެދު އަމަލުކުރާނެ ގޮތެއް ސަރުކާރުން އަދި ހާމަކޮށްފައި ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ