ނާޖާއިޒު މަންފާ ހޯދަ ދިނުމުގެ އިއުތިރާފާއި އެކު މުއިއްޒުގެ މައްޗަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް: ބަލާނެ މުއައްސަސާއެއް ނެތް

އިންތިހާބާ ދިމާކޮށް ވޯޓު ހޯދުމުގެ ނިޔަތުގައި ސަރުކާރުން ވަޒީފާތައް ބަހައި، ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ރައީސް ޑރ. މުއިއްޒުގެ މައްޗަށް ޖިނާއީ ކުށުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެއްޖެއެވެ.

ނާޖާއިޒު މަންފާ ހޯދަ ދިނުމުގެ އިއުތިރާފާއި އެކު މުއިއްޒުގެ މައްޗަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް: ބަލާނެ މުއައްސަސާއެއް ނެތް

އިންތިހާބުތަކާ ދިމާކޮށް ވޯޓު ހޯދުމުގެ ނިޔަތުގައި ސަރުކާރުން ވަޒީފާތައް ބަހައި، ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެއްޖެއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަތަކަކީ ޖިނާއީ ކުށަކަށް އިއުތިރާފުވުން ކަމަށް ސިޔާސީ ފަރާތްތަކުން ބުނަމުންދާއިރު، މިކަމާ ގުޅިގެން އެއްވެސް ތަހުގީގެއް ނުހިންގާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ގާނޫނުގައި ސަރީހަކޮށް ބަޔާންކޮށްފައިވާ ގޮތުން، އިންތިހާބާ ދިމާކޮށް ނާޖާއިޒު މަންފާ ދިނުމަކީ ޖިނާއީ ކުށެއްކަމަށްވީ ނަމަވެސް، ސަރުކާރުން ދަނީ މިފަދަ އަމަލުތައް ހިންގަމުންނެވެ.

ރައީސް މުއިއްޒު ވަނީ އެންމެ ފަހުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނުފޫޒު ފޯރުވުމަށް ވަޒީފާ ދިން ކަމަށް އެއްބަސްވެފައެވެ. މިކަން ގިނަ ބަޔަކު ވަނީ ފާހަގަ ކޮށް މުއިއްޒުގެ މައްޗަށް މިކަމާއި ގުޅިގެންވެސް ޖިނާޢީ ދައުވާ އުފުލަން ޖެހޭނެ ކަމަށް ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ