ކޮމަންވެލްތުގެ ނަން ބޭނުންކޮށްގެން ކްރިޕްޓޯ ސްކޭމެއް ހިންގާ ކުންފުންޏެއްގެ ބޯޑަށް ރައީސް ނަޝީދު އައްޔަން ކޮށްފި

ކޮމަންވެލްތުގެ ނަން ބޭނުންކޮށްގެން ކްރިޕްޓޯ ސްކޭމެއް ހިންގާ ކުންފުންޏެއްގެ ބޯޑަށް ރައީސް ނަޝީދު އައްޔަން ކޮށްފި

ކޮމަންވެލްތުގެ ނަން ބޭނުންކޮށްގެން ކްރިޕްޓޯ ސްކޭމެއް ހިންގާ ކުންފުންޏެއްގެ ބޯޑަށް ރައީސް ނަޝީދު އައްޔަން ކޮށްފިއެވެ. އެކަން ރައީސް އެނގޭހެން އެ ސްކޭމް ހިންގާ ފަރާތުން ކޮށްފައިވާ ޓްވީޓް ރައީސް ނަޝީދު ވަނީ އޭނާގެ "އަނެއް ދިވެހިރާއްޖެ" ޓްވިޓަރ އެކައުންޓުން ރިޓްވީޓް ވެސް ކޮށްފައެވެ.

އަދި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ މިކަމާއި ގުޅިގެން ރައީސް ނަޝީދަކީ އެހެން ލެވެލް އެއްގެ މާ ގަދަ ބޭފުޅެއް ކަމަށް ވިދާޅުވެ ވަނީ ތައުރީފު ކޮށް އެތައް ބައެއް ލައްވައި ޓްވީޓް ކުރުވާފައެވެ. އަދި މިއީ ބޮޑު ކާމިޔާބީއެއް ގޮތުގައި ރާއްޖޭގެ ބައެއް ނޫސްތަކުން މި ޚަބަރު ވަނީ ގެނެސްދީފައެވެ.

ރައީސް ނަޝީދު މި ސްކޭމް އެންޑޯސްކުރުމުގެ ސަބަބުން ރާއްޖޭގެ އަދި ބޭރުގެ އެތައް ބަޔަކު މީގައި ޖެހި ގެއްލުން ވާނެ ކަމަށް ލަފާ ކުރެވެއެވެ.

މި ކްރިޕްޓޯ ސްކޭމް ހިންގާ އެމިރޭޓްސްގެ ރޯޔަލް ފެމެލީ މީހެއް ކަމަށް ދައުވާ ކުރާ މީހާއަކީ އޭނާ އެބުނާ ދެ އާއިލާ އާއި ގުޅުން އޮންނަ ފަރާތެއް ކަމަށް ނުބެލެވެއެވެ. އަދި އޭނާ ވަނީ "ވަން ކޮއިން"ގެ ނަމުގައި ހިންގި މިފަދަ އެހެން ސްކޭމެއްވެސް ކުރިއަށް ގެންގޮސްފައި ކަމަށް "ދަ ޓައިމްސް" ފަދަ ބައިނަލްއަގްވާމީ ނޫސްތަކުން ވަނީ ހާމަ ކޮށްފައެވެ.

ކޮމަންވެލްތްގެ ނަން މިގޮތަށް ބޭނުން ކުރުމަކީ ވެސް ކުށެކެވެ. އަދި މި ސްކޭމް ހިންގާ ފަރާތާއި ކޮމެންވެލްތާއި އެއްވެސް ގުޅުމެއް ނެތް އިރު ކޮމަންވެލްތުގެ ނަން ބޭނުން ކުރަމުން ދަނީ ވެސް ގިނަ ބަޔަކަށް އޮޅުވާލައި މިއީ ކޮމަންވެލްތާއި ގުޅުން އޮތް ބައެއް ކަމަށް ދެއްކުމަށްޓަކައެވެ.

ރައީސް މުއިއްޒުވެސް ވަނީ މީގެ ކުރިން ފޭކް އިންވެސްޓަރުން ތަކެއް ރާއްޖެ ގެނެސްފައެވެ. މިކަހަލަ ސްކޭމް ތަކުގައި ޤައުމުތަކުގެ އިސްވެރިން ޖެހެނީ އެވަރަށް ތަންދޮރު ނުދަންނަ ބަޔަކަށް އެމީހުން ވާތީއެވެ. އަދި ޤާބިލު ބައެއް ގޮތުގައި ދައްކައިގެން ހުންނެވިއަސް ހަޤީގަތުގައި މިފަދަ ސްކޭމްތަކުގައި ޖެހި، އެފަދަ ސްކޭމް ހިންގާ ކުންފުނިތަކުގެ ބޯޑަށް އައްޔަންވެ، އެތައް ބަޔަކަށް މާލީ ބޮޑެތި ގެއްލުންވާނެ ފަދަ ގޮތަކަށް ސްކޭމަރުންނަށް އެހީ ވެވޭ އިރު އެކަން ނޭގެނީ ނާގާބިލު ކަމާއި ދުނިޔޭގެ ވާނުވާ ވަރަށް ބޮޑަށް ނޭނގޭތީއެވެ.

ޚިޔާލު ފާޅުކުރައްވާ