ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައިގައި ރާއްޖެއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައިވާ މޮރިޝަސް އިން، ސަރުކާރާއެކު މަޝްވަރާކޮށް ސުލްހަވެރި ހައްލެއް ހޯދުމަށް ފުރިހަމައަށް ތައްޔާރަށް އޮތްކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ. އިންޑިއާގެ ނިއުދިއްލީގައި ބޭއްވި "އިންޑިއަން އޯޝަން ޑަޔަލޮގް" ގައި ބައިވެރިވެވަޑައިގަތުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ދަތުރުފުޅުގެ ތެރެއިން މޮރިޝަސްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަމަށެވެ. އެ މަޝްވަރާތަކުގައި، ރާއްޖެއާ ވާހަކަ ދައްކައި މައްސަލަތައް ހައްލުކުރުމަށް މޮރިޝަސްގެ ފޮރިން މިނިސްޓަރު ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ރައީސް ނަޝީދުގެ މިވާހަކަ އަކީ އެއްވެސް ވަރެއްގެ ޙަޤީގަތެއް އޮތް ވާހަކައެއް ކަމަށް ނުބަލެއެެވެ. މޮރިޝަސްގެ ސަރުކާރުން އަދި މީޑިޔާއިންވެސް (L’Express, Défi Media) އެޤައުމުގެ ފޮރިން މިނިސްޓަރާއި ނަޝީދު ބައްދަލު ކުރި ކަމަށް ހާމަ ކޮށްފައި ނުވެއެވެ. މިފަދަ ވާހަކަ އެއް މަޝްވަރާ ކުރިނަމަ އެއީ އެ ޤައުމުގެ ސަރުކާރުން އަދި ނޫސްތަކުން ރިޕޯޓް ކުރާނެ ވާހަކަތަކެކެވެ. އެފަދަ ރިޕޯޓެއް ކޮށްފައި ނުވާއިރު ނަޝީދު އަކީ ޗާގޯސްގެ މައްސަލާގައި ރައީސް މުއިއްޒުއާއި އެއް ވިސްނުމެއްގައި މަސައްކަތް ކުރައްވާ އެމްޑީޕީއިން އެއިން ނަގާފައިވާ ސްޓޭންޑާއި ސީދާ ދެކޮޅު ފަރާތެކެވެ. މޮރިޝަސް އިން ރާއްޖެ އާއި އޮތް ގުޅުން ކަނޑާލީ މުއިއްޒު އާއި ނަޝީދުގެ ހައްދުފަހަނައެޅި ޚާރިޖީ ސިޔާސަތުގެ ސަބަބުންނެވެ. ނަޝީދު އާއި އަދި މުއިއްޒުގެ ސަރުކާރުން މިކަމާއި މެދު ގެންގުޅޭ ހައްދުފަހަނައެޅި ސިޔާސަތާއި ގުޅިގެން ޑިޕްލޮމެޓިކް ގުޅުން ރާއްޖެއާއި ކަނޑާލާފައިވާ ގައުމަކުން އެފަދަ މަޝްވަރާއެއް އެ ގުޅުން ކަނޑާލަން މެދުވެރިވި ބަޔަކާއި އެކީ ކުރުމަކީ އެއީ އެ ޤައުމުން ކުރާނެ ކަމެއް ނޫނެވެ.
އެއްވެސް ޤައުމަކުން އަނެއް ޤައުމާއި މިފަދަ މަޝްވަރާއެއް ކުރަން ބޭނުން ނަމަ އެކަމުގައި އިޚްތިޔާރު ކުރަނީ ޑިޕްލޮމެޓިކް ޗެނަލްއެކެވެ. މި ސަރުކާރު ގެނައުމުގެ އިސްދައުރެއް ނަޝީދު އަދާ ކޮށްފައިވީނަމަވެސް، ފޮރިން މިނިސްޓަރުކަން ނަޝީދު ބޭނުން ފުޅުވެގެން އުޅުއްވި ނަމަވެސް އެފަދަ ފުރުޞަތެއް ނަޝީދަށް މުއިއްޒުގެ ސަރުކާރުން ދީފައި ނުވެއެވެ. އަދި މުއިއްޒު ވަނީ އިންތިޚާބު ކާމިޔާބު ވުމަށްފަހު ރައީސް ނަޝީދާއި ދުރަށް ޖެހިވަޑައިގެންފައެވެ.
މޮރިޝަސް އިން ރާއްޖެއާ ގުޅުން ކަނޑާލީ ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައިގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގްވާމީ ކޯޓުތަކުން ކަނޑައަޅާފައި ވަނިކޮށް، އެކަންކަމަށް އަމަލު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ އިއުލާނު ކުރައްވާފައެވެ. އަދި ރައީސް ނަޝީދު ވެސް އެކަމުގައި ގެންގުޅުއްވާ ހަރުކަށި ސިޔާސަތަކީ އެއީއެވެ.
1 ޚިޔާލު
ޜައީސް ނަޝީދު ދައްކާވާހަކަ އަޑުއަހާނީވެސް އެކަހަލަ ޖާހިލުން އެހާނުލަފާމީހެއް އަެނަޔަކީ އޭނަޔަކީ ކާކުކަން ދިވެހިން ދަންނަންވެއްޖެ ރަގަޅައްވެއްޖެއްޔާ މޮރިޝަސްގެ އެވަފުދުގަ ބައިވެރިވި ވަޒީރުއަތުނއވެސް ލާރިގަޑެއްކާލާފަ އޮންނާނީ މީނަގޮސް ނައިޖީތިޔާކަހަލަ ގައުމެއްގަ އުޅެންވީއެއްނު ރާއްޖެ އަންނަނީ ދިވެހިންގެ ޒިމާނުއްސުރެ އޮންނަ ގާތް ގުޅުނަ ޚަރާބުކޮއް އެކަކު އަނެކަކު ޖައްސާ ބަލާބޮޑުކުރަން