ނަޝީދު ދަނީ އެތެެރޭގެ އިންތިޚާބަކަށް ސީޕްލޭން ޗާޓަރު ކޮށްގެން ޚަރަދު ބޮޑު ކެމްޕެއިނެއް ކުރަމުން: ފައިސާ ހޯދުމުގައި ކްރިޕްޓޯ ސްކޭމާއި ޕާސްޕޯޓް ކޮރަޕްޝަން؟!

ނަޝީދު ދަނީ އެތެެރޭގެ އިންތިޚާބަކަށް ސީޕްލޭން ޗާޓަރު ކޮށްގެން ޚަރަދު ބޮޑު ކެމްޕެއިނެއް ކުރަމުން: ފައިސާ ހޯދުމުގައި ކްރިޕްޓޯ ސްކޭމާއި ޕާސްޕޯޓް ކޮރަޕްޝަން؟!

ނަޝީދު ދަނީ އެތެެރޭގެ އިންތިޚާބަކަށް ސީޕްލޭން ޗާޓަރު ކޮށްގެން ޚަރަދު ބޮޑު ކެމްޕެއިނެއް ކުރަމުން ކަމަށް ބުނެ ފައިސާ ހޯދި ގޮތާއި މެދު އެމްޑީޕީ އާންމު މެމްބަރުން ދަނީ ސޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކްރިޕްޓޯ ސްކޭމެއް ހިންގާ ކުންފުންޏެއްްގެ ބޯޑުގައި ނަޝީދު އިންނާތީ، އާންމުން އެކަމާއި ޝަކުވާ ކުރުމުން އެ ސްކޭމް ހިންގާ ކުންފުނި ދިފާޢު ކޮށް، ނަޝީދު ވަނީ އެ ކްރިޕްޓޯ ސްކޭމަކަށް އިންވެސްޓް ކުރުމަށް ހިތްވަރުދީ، ބަޔާނެއް ނެރެފައެވެ. ކްރިޕްޓޯ ކަރަންސީ އާއި ގުޅުންހުރި ބައިނަލްއަގްވާމީ ތަޖުރިބާކާރުން އެ ސްކޭމުން މިހާރު މީހުންނަށް ލަނޑުދޭން ފަށާފައިވާ ކަމަށް ބުނެފައެވެ. މިފަދަ ސްކީމެއް ހިންގާ ސްކޭމް ކުންފުނިތަކުން އެމީހުންނަކީ އަސްލު ބައެއް ކަމަށް ދައްކަން އޭގައި ބައިވެރިވާ ނަޝީދު ފަދަ މަޝްހޫރު ފަރާތްތަކަށް މިލިއަނުން ފައިސާ ހަރަދު ކުރެއެވެ. މިފަދަ ސްކޭމް ތަކުން އެތައް ހާސް ބައެއް ފަހަރު އެތައް ލައްކަ ބަޔަކު ދިރިއުޅުމަށް ރައްކާކޮށްފައިވާ ފައިސާ ގެއްލިގެން ދެއެވެ.

މީގެ އިތުރުން މުއިއްޒުގެ ސަރުކާރާއި ގުޅިގެން ރާއްޖޭގެ ޕާސްޕޯޓް ބޭރުގެ ފަރާތްތަކަށް ވިއްކަން ހަވާލު ކޮށްފައިވާ ކުންފުނީގެ Henley & Partners ނަޝީދު އެޑްވައިޒަރަކަށް އިނުމުން އޭނާ އާއި މެދު ވަނީ ސުވާލު އުފައްދާފައެވެ. ދުނިޔޭގައި ހިމެނޭ މިފަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެންމެ ކޮރަޕްޓް އަދި އެކުންފުންޏެއްގެ ވާހަކަ ގެނައި ނޫސްވެރިއަކު މަރާލި ކަމުގެ ތުހުމުތު ކުރެވޭ ކުންފުންޏަކާއި މުއިއްޒުގެ ސަރުކާރާއި ގުޅުވައިގެން މިހިންގާ ޑީލުންވެސް ނަޝީދަށް އިންތިހާއަށް ފައިދާ ވާކަމަށް ބުނެ އާންމުންގެ ނުރުހުން ވަނީ އޭނާ އަށް އަމާޒުވެފައެވެ.

2025 ނޮވެމްބަރު 5 ގައި ލަންޑަނުގައި ބޭއްވި ކޮންފަރެންސެއްގައި، އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ "މޯލްޑިވްސް ޕާލް ރެސިޑެންސް" އިފްތިތާހުކޮށްދެއްވާފައެވެ. މި މަޝްރޫއުގެ އާކިޓެކްޓަކީ ހެންލީ (Henley) އެވެ. މި ފައުންޑޭޝަންގެ އެޑްވައިޒަރެއްގެ ގޮތުގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިދުމަތް ކުރައްވައެވެ. އަދި 2024 ވަނަ އަހަރު، މި ފައުންޑޭޝަނާއި ހެންލީ ކުންފުނި ގުޅިގެން މުހައްމަދު ނަޝީދަށް "ގްލޯބަލް ސިޓިޒަން އެވޯޑް" އެރުވިއެވެ. މި އެވޯޑާއެކު އިނާމެއްގެ ގޮތުގައި 20,000 އެމެރިކާ ޑޮލަރުވެސް ނަޝީދަށް ވަނީ މި ކޮރަޕްޓް ކުންފުނިން ދީފައިވެއެވެ.

ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނަޝީދަށް އަމާޒުވާއިރު މިއިން އެއްވެސް ކަމަކުން ނަޝީދު އެއްކިބާވާން މަސައްކަތް ނުކޮށް ދަނީ މި ކުންފުނިތައް ދިފާޢު ކުރަމުންނެވެ. އޯޑިޓް ރިޕޯޓް ތަކުން ހާމަވާ ގޮތުގައި ނަޝީދަކީ އޭނާގެ ވެރިކަމުގައި އިންތިހާއަށް ބޮޑެތި ކޮރަޕްޝަންތައް ހިންގާ ޤާނޫނާއި ޚިލާފަށް ރާއްޖޭގެ ރަށްތައް ބަހާފައިވާ މީހެކެވެ.

ޚިޔާލު ފާޅުކުރައްވާ