މުއިއްޒު ސިންގަޕޫރަށް ކުރި ދަތުރު ނިންމާލައިފި: މަޖިލިސް ނައިބު ރައީސްއާއި މުއިއްޒު ބައްދަލުކުރި ކަމަށް ބުނެ ނަޝީދު ހެދީ ކަނޑައެޅިގެން ދޮގެއް

ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ ޢާއިލީ ދަތުރެއްކަމަށް ސަރުކާރުން ބުނި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް ވަކިކުރަން އުޅޭ ދަނޑިވަޅެއްގައި ސިޔާސީ ވާހަކަތަކެއް ފެތުރިއްޖެ.

މުއިއްޒު ސިންގަޕޫރަށް ކުރި ދަތުރު ނިންމާލައިފި: މަޖިލިސް ނައިބު ރައީސްއާއި މުއިއްޒު ބައްދަލުކުރި ކަމަށް ބުނެ ނަޝީދު ހެދީ ކަނޑައެޅިގެން ދޮގެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢާއިލާއާ އެކު ޗުއްޓީ ހޭދަކުރެއްވުމަށް ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހޮނިހިރު ދުވަހު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރެއް ކަމަށް ކުރީގެ ރައީސް ނަޝީދު ދޮގު ވަނީ ދޮގު ހައްދަވާފައެވެ. މުއިއްޒުގެ ސަރުކާރުން ވަނީ ޔަގީންވެސް ކޮށްދީފައެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، މިއީ ހަމައެކަނި ޢާއިލީ ދަތުރުފުޅެއް ކަމަށާއި، މި ދަތުރުފުޅުގައި އެއްވެސް ސިޔާސީ މަޝްވަރާއެއް ނުވަތަ ބައްދަލުވުމެއް ބާއްވާފައި ނުވާނެ ކަމަށެވެ.

ކައްޒާބު ނަމުން މުއިއްޒު މަޝްހޫރުވެފައިވާއިރު، ސިޔާސީ މަޝްރަހަށް ނަޝީދު އަނެއްކާވެސް ނުކުތުމުން، މުއިއްޒު އާއި އެއްވަރަށް ދޮގު ހަދާ އިތުރު ފަރާތެއް ސިޔާސީ ކަންކަމާއި ބައިވެރިވެ، އިތުރު ދޮގުތަކާއި އާންމުން ވަނީ ކުރިމަތިލާން ޖެހިފައެވެ.

މުއިއްޒު ސިންގަޕޫރަށް ދަތުރުކޮށްފައިވަނީ ޔޫކޭގައި ކިޔަވަން ހުންނަ އޭނާގެ އަންހެން ދަރިފުޅުގެ ޓެސްޓްތައް ނިމި ޗުއްޓީ ލިބުމުންނެވެ. އައިޝާ ޑްރާމާއާއި ގުޅިގެން ވަރަށް ބޮޑަށް ރައީސް މުއިއްޒުގެ އަންހެން ދަރިފުޅަށް އަސަރު ކޮށްފައިވާތީ އާއިލާ އާއި އެކު ވަގުތު ހޭދަކޮށް ކަންކަން ހަމައަކަށް އެޅުވުމަށް ސިންގަޕޫރުގައި ބައްދަލު ކުރަން ދަތުރު ރޭވިކަން މި ނޫހަށް މާކުރިން އެނގިފައިވެއެވެ. އަދި މިކަން ރާއްޖޭގެ ބޮޑެތި ނޫސްތަކަށް އެނގިފައިވާއިރު ރައީސް ނަޝީދު ކަނޑައެޅިގެން ހެދީ ދޮގެއްކަން އެނގިހުރެ ބައެއް ނޫސްތަކުން މި ދޮގު ޚަބަރަކަށް ހަދައިގެން ވަނީ ގެނެސްދީފައެވެ. ނަޝީދުގެ ދޮގަކީ އޭނާ ވެރިކަން ވެއްޓުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް ދާކަން ދެއްކުމަށް ދެއްކި މަންޒަރެކެވެ. ނަމަވެސް މިފަދަ އެއްވެސް މަސައްކަތެއް ނަޝީދު ނުކުރާކަން މި ނޫހަށް ކަށަވަރުވާއިރު، ނަޝީދު އާއި ވާހަކަ ދައްކަން ބޭނުންވާ އެންމެ މަޖިލީސް މެމްބަރަކު ނޫނީ މުޅި މަޖިލީހުގައި ނެތެވެ.

ނަޝީދުގެ ކެމްޕެއިން ދޮގާއި މަކަރުގެ މައްޗަށް ބިނާ ކުރުމަކީ އެމްޑީޕީ ގިނަ މެމްބަރުން އެކަން ބަލައިގަންނަ ކަމެއް ނޫނެވެ. ނަޝީދުއަކީ މުއިއްޒުގެ ސަރުކާރު އުފެއްދުމުގެ އިސްރޯލެއް އަދާކޮށް އެންމެ ފަހުން ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ލިބެންދެން މުއިއްޒު އާއި ގާތް ގުޅުމެއް ބޭއްވި ފަރާތެކެވެ.

ޚިޔާލު ފާޅުކުރައްވާ