ތުހުމަތު ތަކަށް އިންކާރުކޮށް، މަޖިލީސް ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވައިފި: މެންދުރު ބާއްވަން އުޅުނު ޖަލްސާ ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އަހުމަދު ނާޒިމް އިސްތިއުފާ ދެއްވައިފި؛ މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، ހޯމަ ދުވަހު އާ ނައިބު ރައީސަކު އިންތިހާބުކުރަނީ.

ތުހުމަތު ތަކަށް އިންކާރުކޮށް، މަޖިލީސް ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވައިފި: މެންދުރު ބާއްވަން އުޅުނު ޖަލްސާ ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމަށް ހުށަހެޅި މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، އެ މަގާމުން އޭނާ އިސްތިއުފާ ދެއްވައިފި އެވެ. އާދިއްތަ ދުވަހުގެ ހެނދުނު ބޭއްވި ޖަލްސާ ފެށުމުގެ 30 މިނެޓު ކުރިން ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ނިމުނީ ކަމަށް އިއުލާނު ކުރައްވައިފަ އެވެ.

މިކަމާ ގުޅިގެން މެންދުރު 1:00 ގައި ބޭއްވުމަށް ކުރިން ތާވަލުކުރި ޖަލްސާ ކެންސަލްކޮށް، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ހޯމަ ދުވަހުގެ ޖަލްސާ ބާއްވަނީ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށެވެ. ސަރުކާރު ހިންގާ ޕާޓީގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުގައި، މި މަގާމަށް ގެންނާނެ ބޭފުޅަކާމެދު މިހާރު ވަނީ މަޝްވަރާތައް ފެށިފަ އެވެ.

މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 15 އަށް ހަމަވި ނަމަވެސް، މަޖިލީހުގެ މުހިންމު މަސައްކަތްތަކެއް ހުރުމުން މި ދައުރު ވަނީ މި މަހުގެ ނިޔަލަށް ދަންމާލައިފަ އެވެ. ސަރުކާރުގެ އެޖެންޑާގެ ދަށުން މަޖިލީހުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާ އިރު، ނައިބު ރައީސްގެ މަގާމު ހުސްވުމަކީ ސަރުކާރުގެ ސިޔާސީ އެޖެންޑާގައި ހިމެނޭ މުހިންމު ބަދަލެއް ގެނައުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ބެލެވެ އެވެ.

ޚިޔާލު ފާޅުކުރައްވާ