ޗެއަރޕާސަންކަން ލިބިއްޖެނަމަ ޤައުމީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވެސް ރައީސް ނަޝީދުގެ މީހުން ނެރެން ނިންމައިފި

ޗެއަރޕާސަންކަން ލިބިއްޖެނަމަ ޤައުމީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވެސް ރައީސް ނަޝީދުގެ މީހުން ނެރެން ނިންމައިފި

ރައީސް ނަޝީދަށް ޗެއަރޕާސަން ކަން ލިބިއްޖެނަމަ، އޭނާގެ ފަރާތުން ކެންޑިޑޭޓުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށްވެސް ނެރެން ނިންމާފައިވާކަން މި ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. މިހާތަނަށް ނިންމާފައިވަނީ، ނަޝީދު އާއި ފައްޔާޒު އިސްމާއީލް ދާއިރާތައް ކެންޑިޑޭޓުން ބަހާލައިގެން ނެރުމަށެވެ.

ނަމަވެސް ފައްޔާޒު އަށް ޑިމޮކްރެޓްސްގެ އިސްފަރާތްތައް އިތުބާރެއް މިހާރަކު ނުކުރާކަމަށް މައުލޫމާތު ލިބެއެވެ. މިކަން ދިމާވެފައިވަނީ ޑިމޮކްރެޓްސްގެ އިސް ފަރާތެއް ކަމުގައިވާ ވައްޑެ އާއި ފައްޔާޒު އާއި ދެމެދު ދިޔަ ބަހުގެ ހޫނު ހަމަލާތަކާއި އެކު، ޑިމޮކްރެޓްސްގެ އިސް ފަރާތްތައް އީވާ ހިމެނޭހެން ފައްޔާޒަށް އެއްވެސް ވަރަކަށް "ޑިޕެންޑް ވުން" ރަނގަޅު ނޫން ކަމަށް ބުނެ ހިނގާފައިވާ މަޝްވަރާތަކެއްގައެވެ.

މިހާރުވެސް ބައެއް ދާއިރާތަކަށް ނެރޭނީ ފައްޔާޒުގެ މީހެއްތޯ ނުވަތަ ޑިމޮކްރެޓްސްގެ ނަޝީދުގެ މީހެއްތޯ ވަނީ ޔަގީން ނުކުރެވިފައެވެ. ބައެއް ދާއިރާ ތަކުގައި ހުރި މައްސަލަތައް މިހާތަނަށްވެސް ހައްލު ނުކުރެވޭ އިރު އެންމެ ރަނގަޅު ގޮތަކީ ނަޝީދުގެ ފަރާތުން ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރުން ކަމަށާއި އެހެން ނޫނީ ނަޝީދަށް ތާޢީދު ކުރާ ފަރާތްތައް މާޔޫސް ވާނެ ކަމަށްވެސް މި މަޝްވަރާގައި ވާހަކަ ދެކެވިފައިވެއެވެ.

ރައީސް ނަޝީދު ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރެފިނަމަ، ފައްޔާޒުގެ ފަރާތުން ޤައުމީ މަޖިލީހަށް އައުމަށް ބޭނުންވެފައިިވާ މީހުންނަށް އޮތް ފުރުޞަތު ހަނިވެގެން ދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ޚިޔާލު ފާޅުކުރައްވާ