ރިޝްވަތު ނުނަގާ އެކަން ރިޕޯޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ޤާނޫނަށް ބަދަކޮށްގެން ގެނެސްފައިވާ އޭސީސީއިން އެދިއްޖެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ވޯޓު ގަތުމުގެ ސިޔާސީ ހަރަކާތްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، އޭސީސީއިން މިއަދު ވަނީ ހަރުކަށި އިންޒާރެއް ދީފައި - ވޯޓު ގަނެގެން މަޤާމުތަކަށް އިންތިޚާބުވާ ކެންޑިޑޭޓުންނަކީ "ރައްޔިތުންގެ ޙަޤީޤީ ބާރުވެރިކަން ނިގުޅައިގަނެ، އަމިއްލަ މަޞްލަޙ

ރިޝްވަތު ނުނަގާ އެކަން ރިޕޯޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ޤާނޫނަށް ބަދަކޮށްގެން ގެނެސްފައިވާ އޭސީސީއިން އެދިއްޖެ

ރިޝްވަތު ނުނަގާ އެކަން ރިޕޯޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ޤާނޫނަށް ބަދަކޮށްގެން ގެނެސްފައިވާ އޭސީސީއިން ގޮވާލައިފި އެވެ. މިނިވަން މުއައްސަސާއެއްގެ ސިފަ އޭސީސީއިން ގެއްލިފައިވާ އިރު އެއީ ރައީސުލްޖުމްހޫރިއްޔާ ބޭނުން އިރަކު ވެރިން ބަދަލުކޮށް އިތުރު ބާރުތައްވެސް ފޯރުވޭ ގޮތަށް އޮތް މުއައްސަސާއެކެވެ. މިކަން ކުރީ ޤާނޫނު ބަދަލުކޮށްގެންނެވެ. 

ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ވޯޓު ގަތުމުގެ ސިޔާސީ ހަރަކާތްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ވަނީ އެކަން އެފަރާތަށް ރިޕޯޓް ކުރުމަށް އެދިފައެވެ. އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ވޯޓު ގަނެގެން މަޤާމުތަކަށް އިންތިޚާބުވާ ކެންޑިޑޭޓުންނަކީ “ރައްޔިތުންގެ ޙަޤީޤީ ބާރުވެރިކަން ރައްޔިތުންގެ އަތުން ނިގުޅައިގަނެ، އެ މީހުންގެ އަމިއްލަ މަޞްލަޙަތަށް މަސައްކަތްކުރާ ބައެއް” ކަމަށް ބަޔާންކޮށްފައިވެއެވެ.

ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ އޭސީސީ އަށް ރިޕޯޓު ކުރުމުން އެމައުލޫމާތު ރައީސް މުއިއްޒަށް ލިބޭނެތީ އެކަމާއިއެވެ. ރާއްޖޭގައި އެންމެ ބޮޑަށް ކޮރަޕްޝަނާއި ވޯޓު ގަތުމުގެ އަމަލުތައް ހިންގަމުން ދަނީ ރައީސް މުއިއްޒު ކަމަށް ގިނަ ބަޔަކު ޤަބޫލުކުރައެވެ. އަދި ވޯޓަށް ނުފޫޒު ފޯރުވުގެ ގިނަ އަމަލުތަކެއް ރައީސް މުއިއްޒު އާއި ގާތް ފަރާތްތަކުން ހިންގަމުން ދާކަން ވަނީ އިނދިކޮޅު ޕާޓީ އެމްޑީޕީއިންވެސް ހާމަ ކޮށްފައެވެ.

ރިޝްވަތު ހިފައި، ތިމާއަށް ލިބިފައިވާ އިންތިޚާބީ ޙައްޤު އަމިއްލަ ވަގުތީ ފައިދާއަށްޓަކައި ވިއްކާލުމަކީ ތިމާގެ އަމިއްލަ ނަފުސަށާއި އާއިލާއަށާއި މުޅި މުޖުތަމަޢަށް ވެވޭ ޚިޔާނާތެކެވެ

ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިޝްވަތު ދިނުމާއި ހިފުމަކީ ޤާނޫނީ ކުށެއްކަން ހަނދާންކޮށްދީ، އެފަދަ އެއްވެސް މައްސަލައެއް ނުބަލައި ދޫކޮށްނުލާނެ ކަމުގެ ޔަޤީންކަން ވެސް އޭސީސީން ދީފައިވެއެވެ. ނަމަވެސް ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަރިސް އެއްވެސް މީހެއްގެ މައްސަލައެއް އޭސީސީއިން ނުބަލާ ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ. އަދި ރައީސް މުއިއްޒު ހިތްޕުޅާ ނުވާ ފަނޑިޔާރުންނާއި އެކި ފަރާތްތަކުގެ މައްސަލަތައް އުފައްދައިގެން ބަލާ ކަމުގެ ތުހުމަތުވެސް މިނިވަންކަން ގެއްލިފައިވާ އޭސީސީގެ މައްޗަށް ކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ