ދަރަނި ދައްކަން ނަގާ 300 މިލިއަން ޑޮލަރުގެ ލޯނަށް ކާގިލްސްއިން ހުށަހަޅާފައިވަނީ ރައްޔިތުންގެ ބުރަ އިތުރުކުރާނެ ބޮޑު އިންޓްރެސްޓެއް

ސަރުކާރުން 300 މިލިއަން ޑޮލަރުގެ ލޯނު ދޫކުރުމަށް ކާގިލް ފައިނޭންޝަލް ސާވިސަސް އިން ހުށަހަޅާފައިވަނީ ވަރަށް ބޮޑު އިންޓްރެސްޓެއް ކަމަށް މައުލޫމާތު ލިބެއެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނާގޮތުން މި އިންޓްރެސްޓް ރޭޓް 15 ޕަސެންޓަށް އަރާ

ދަރަނި ދައްކަން ނަގާ 300 މިލިއަން ޑޮލަރުގެ ލޯނަށް ކާގިލްސްއިން ހުށަހަޅާފައިވަނީ ރައްޔިތުންގެ ބުރަ އިތުރުކުރާނެ ބޮޑު އިންޓްރެސްޓެއް

ސަރުކާރުން މި އަހަރު ދައްކަންޖެހޭ ބޮޑު ދަރަނި ދެއްކުމަށް ނަގަން އުޅޭ 300 މިލިއަން ޑޮލަރުގެ ލޯނު ދޫކުރުމަށް އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ހުށަހަޅާފައިވަނީ ވަރަށް ބޮޑު އިންޓްރެސްޓެއް ކަމަށް މައުލޫމާތު ލިބެއެވެ. މި އިންޓްރެސްޓް ރޭޓް ބޮޑުކަމުން ސަރުކާރުން އަދި ވަނީ ވަކި ގޮތެއް ނުނިންމައެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުންތަކުގައި މި އިންޓްރެސްޓް ރޭޓް 15 ޕަސެންޓަށް އަރާކަމަށް ބުނެފައިވާއިރު، މިފަދަ ބޮޑު އިންޓްރެސްޓެއްގައި ލޯނު ނެގުމަކީ ޤައުމުގެ ދަރަނި އިތުރަށް ބޮޑުވެ، ރައްޔިތުންގެ ބުރަ އިތުރުވާނެ ކަމެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ އެކައުންޓުން މި މައުލޫމާތު ހިއްސާކުރައްވާފައިވާއިރު، އެމްޑީޕީ ސަރުކާރުން ކާގިލްސްއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 7.15 ޕަސެންޓެވެ. މިއަދުގެ ސަރުކާރުން އެސްޓީއޯއަށް ގެރެންޓީ ދީގެން ކާގިލްސްއިން ނެގި 50 މިލިއަން ޑޮލަރުގެ ލޯނާ ގުޅޭ މައުލޫމާތު ހާމަކުރަން ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފައިވާތީ، އެ ލޯނުގެ ތަފްސީލެއް އާންމުކޮށް ފެންނާކަށް ނެތެވެ.

މި އަހަރުގެ ބަޖެޓު ފާސްކޮށްފައިވަނީ ދަރަނީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ހޯދާ ގޮތަށެވެ. މީގެ ތެރެއިން ކާގިލްސް ފަދަ ފައިނޭންސިންގ ޕާޓްނަރުންގެ އަތުން ހޯދާ ގޮތަށް ކަނޑައަޅާފައިވަނީ 1.5 ބިލިއަން ރުފިޔާ ނުވަތަ 100 މިލިއަން ޑޮލަރެވެ. އެހެންކަމުން މިހާރު ނަގަން އުޅޭ 300 މިލިއަން ޑޮލަރަކީ ބަޖެޓުގައި ފާސްކޮށްފައިވާ އަދަދަށްވުރެ 3 ގުނަ ބޮޑު އަދަދެކެވެ. މިފަދަ ބޮޑު ލޯނެއް މިހާ މަތީ އިންޓްރެސްޓް ރޭޓެއްގައި ނެގުމުން ޤައުމުގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް އިޤްތިޞާދީ މާހިރުން ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ