ކުޑަކުއްޖަކާ ބެހުނު އިތުރު މީހަކަށް، ރައީސް މުއިއްޒުގެ ސަރުކާރުން މަގާމެއް ދީފި

ޖިންސީ ކުށުގެ ދަޢުވާ އުފުލިފައިވާ މީހަކަށް ސަރުކާރުގެ މުހިންމު މަގާމެއް ދިނުމުގެ ސަބަބުން ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ފާޑުކިޔުންތައް އިތުރުވެއްޖެއެވެ. ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ދަޢުވާ އުފުލިފައިވާ އިބްރާހިމް ސޯބިރު އަށް، މާމެންދޫ އާރުޑީސީ އޮފީހުގެ މެނޭ

ކުޑަކުއްޖަކާ ބެހުނު އިތުރު މީހަކަށް، ރައީސް މުއިއްޒުގެ ސަރުކާރުން މަގާމެއް ދީފި

ޖިންސީ ކުށުގެ ދަޢުވާ އުފުލިފައިވާ މީހަކަށް ސަރުކާރުގެ މުހިންމު މަގާމެއް ދިނުމުގެ ސަބަބުން ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ފާޑުކިޔުންތައް އިތުރުވެއްޖެއެވެ. އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ދަޢުވާ އުފުލިފައިވާ ގއ. މާމެންދޫ، ރޯޒްބެޑް، އިބްރާހިމް ސޯބިރު އަށް، ގއ. މާމެންދޫ އާރުޑީސީ އޮފީހުގެ މެނޭޖަރުކަމުގެ މަގާމު ރައީސް މުއިއްޒުގެ ސަރުކާރުން ދީފިއެވެ.

މީގެ ކުރިން އަރަބިއްޔާ ސްކޫލުގެ ދެ ޖިންސުގެ ކުދިންނާއި ބެހުނުމަކަމަށް ބުނެ އެތައް ކުދިންތަކެއް މައްސަލަ ރިޕޯޓް ކޮށްފައިވާ ޒަމްޒަމް ފާރީޝަށް ވެސް މުއިއްޒުގެ ސަރުކާރުން ވަޒީފާ ދީފައި ވެއެވެ. އެ މައްސަލާގައި ކުރީ ސަރުކާރުން އޭނާ މަގާމުން ވަކިކޮށް އެޑިޔުކޭޝަނުން އޭނާގެ މައްސަލަ ފުލުހުންނަށް ހުށައެޅާފައިވެއެވެ. ޒަމްޒަމް ފާރިޝް ހިމެނިފައިވަނީ ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޒީފާ ދިން މީހުންގެ ތެރޭގައެވެ.

މަޢުލޫމާތު ލިބޭގޮތުގައި، ސޯބިރުއަށް މި މަގާމު ދިނީ، ރައްޔިތުންގެ މަޖިލީހުގެ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީގެ ބާރާއި ނުފޫޒުންނެވެ. ސޯބިރުގެ މައްޗަށް 2024 ޑިސެމްބަރު 18 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާކޮށްފައިވަނީ އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަމުގެ ތުހުމަތުގައެވެ. އަދި 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ސޯބިރު ވަނީ މާމެންދޫ ކައުންސިލް ރައީސް އަޙްމަދު އަޒީޒަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ.

ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތުތައް ކުރެވޭ އަދި ޝަރީޢަތް ހިނގަމުންދާ މީހަކަށް ސަރުކާރުގެ މުހިންމު މަގާމެއް ދިނުމުން، އެ ދާއިރާގެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ކުށްވެރިންނާމެދު ގެންގުޅޭ މަޑުމޮޅި ސިޔާސަތުގެ އިތުރު ހެއްކެއް ކަމަށް ސިޔާސީ ދާއިރާގެ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައިވެސް ރައީސް މުއިއްޒުގެ ސިޔާސީ މުވައްޒަފުން ހިމެނޭކަން ފާހަގަކުރެވިފައިވާއިރު، މި ސަރުކާރުން ކުށްވެރިންނާމެދު އަޅާ ފިޔަވަޅުތަކަށް ސުވާލު އުފެދެމުންދެއެވެ.

ޚިޔާލު ފާޅުކުރައްވާ