2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ބަހާލި ގޮތުގެ ޕްރޮކިޔުމެންޓް އުސޫލު ހާމަކުރަން ރައީސް އޮފީހުން އިންކާރުކޮށްފި

ދައުލަތުގެ ބޮޑެތި މަޝްރޫއުތައް ބިޑް ކުރުމެއް ނެތި ވަކި ބަޔަކާ ހަވާލުކުރުމުގައި އަމަލުކުރާ ގޮތްތަކާއި ލިޔެކިޔުންތައް ހާމަކުރުމަށް ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންކާރުކޮށްފި... މައުލޫމާތު ލިބޭ ގޮތުގައި ރައީސް މުއިއްޒުގެ ވައުދުތައް ފުއްދަން 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ބަހާލައިފައިވަނ

2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ބަހާލި ގޮތުގެ ޕްރޮކިޔުމެންޓް އުސޫލު ހާމަކުރަން ރައީސް އޮފީހުން އިންކާރުކޮށްފި

ދައުލަތުގެ ބޮޑެތި މަޝްރޫއުތައް ބިޑް ކުރުމެއް ނެތި ނުވަތަ ‘ސިންގަލް ސޯސް’ އުސޫލުން ވަކި ބަޔަކާ ހަވާލުކުރުމުގައި އަމަލުކުރާ ގޮތްތަކާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ހާމަކުރުމަށް ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންކާރުކޮށްފިއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީހަށް ހުށަހެޅި މި ހުށަހެޅުމުގައި، ސަރުކާރުން މަޝްރޫއުތައް ހަވާލުކުރުމުގައި ގެންގުޅޭ ދެފުށް ފެންނަ މިންވަރު ދެނެގަތުމަށްޓަކައި މުހިންމު މައުލޫމާތުތަކެއްގެ ތަފުސީލަށް ނޫސްވެރިން އެދުނުނަމަވެސް، ރައީސް އޮފީހުން ވަނީ އެއްވެސް މައުލޫމާތެއް ހިއްސާކުރަން އުޒުރުވެރިވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް މުއިއްޒުގެ ވައުދުތައް ފުއްދަން 2 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ވެސް ބަހާލައިފައިވަނީ ބީލަމަކަށް ނުލައި، ސަރުކާރުން ބޭނުންވި ބަޔަކަށެވެ. އޭގެ ތެރޭގައި ތަޖުރިބާއެއް ނެތް ކުންފުނިތަކާއި އުވައިލަން ނިންމާފައިވާ ކުންފުނިތައް ވެސް ހިމެނެއެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރިއަށް ގެންދާ މި މަޝްރޫއުތަކަށް ފަންޑުކުރަނީ ބީއެމްއެލްއިންނެވެ.

ސިންގަލް ސޯސް ޕްރޮކިއުމަންޓަކީ ވާދަވެރި ބިޑަކަށް ނުގޮސް ސީދާ ވަކި ބަޔަކަށް މަޝްރޫއު ދިނުން ކަމަށްވާއިރު، މިއީ ކޮރަޕްޝަނުގެ ނުރައްކާ އޮތް ކަމެކެވެ. ގާނޫނުގެ ދަށުން މައުލޫމާތު ނުދީ ސަރުކާރުން ހިފަހައްޓާއިރު، ރައީސް މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ސަރުކާރުގައި ފޮރުވާނެ އެއްޗެއް ނެތް ކަމާއި އެދޭ މައުލޫމާތު ދޭނެ ކަމަށެވެ. ނަމަވެސް މިވެރިކަން ފެށުނު ފަހުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ސަރުކާރުން ދަނީ ހުރަސް އަޅަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ