ހާބަރަށް ނުވެދި ކިޔުގައި 90 ދޯނި: ނޯތު ހާބަރުގެ މަސައްކަތް ރަމަޟާން މަހާ ދިމާކޮށް ފެށުން ޣަފޫރު ކުށްވެރިކުރައްވައިފި

ނޯތު ހާބަރުގެ 30 އިންސައްތަ ސަރަހައްދު ބޭނުންނުކުރެވި، އޮޑިފަހަރު ކިއުގައި 70 އިން 90 ދޯނި އޮންނަންޖެހިފައިވާއިރު، މުދާ އަރުވަން 10 ވަރަކަށް ދުވަސް ހޭދަވަމުންދާކަމީ ސަރުކާރުގެ ފަރުވާކުޑަކަމުގެ ނަތީޖާއެކެވެ

ހާބަރަށް ނުވެދި ކިޔުގައި 90 ދޯނި: ނޯތު ހާބަރުގެ މަސައްކަތް ރަމަޟާން މަހާ ދިމާކޮށް ފެށުން ޣަފޫރު ކުށްވެރިކުރައްވައިފި

ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރުން މާލޭ ނޯތު ހާބަރު މަރާމާތުކުރުމުގެ މަސައްކަތް ފަށައިގަނެ، ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ނުހަނު ތަކުލީފު ޖައްސަމުންދާކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ. ޣަފޫރު ފާހަގަކުރެއްވި ގޮތުގައި، ނޯތު ހާބަރުގެ 30 އިންސައްތަ ސަރަހައްދު ބޭނުންނުކުރެވި، އޮޑިފަހަރު ކިއުގައި 70 އިން 90 ދޯނި އޮންނަންޖެހިފައިވާއިރު، މުދާ އަރުވަން 10 ވަރަކަށް ދުވަސް ހޭދަވަމުންދާކަމީ ސަރުކާރުގެ ފަރުވާކުޑަކަމުގެ ނަތީޖާއެކެވެ.

ސަރުކާރުން ބުނީ ނޯތު ހާބަރު ތިން ފިޔަވައްސަކަށް ބަހާލައިގެން ތަރައްޤީކުރާނެ ކަމަށް. އެކަމަކު މިހާރު ތިން މަރުޙަލާ އެއްކޮށް ފަށައި، މުޅި މަސައްކަތް ހުއްޓިފައި އޮތީ. މިއީ ސަރުކާރުގެ ރޭވުންތެރިކަން ނެތްކަން ދައްކުވައިދޭ ކަމެއް

ޣަފޫރު ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަސްމީ ފާލަން ސަރަހައްދުން އެންމެ 7 ދޯންޏަށް ޖާގަ ލިބޭއިރު، ރަމަޟާން މަހަށް ތައްޔާރުވުމަށް ރަށްރަށަށް މުދާ ފޯރުކޮށްދިނުމަށް މި ދަނޑިވަޅަކީ އެންމެ ބޮޑަށް ބަނދަރު ބޭނުންވާ ވަގުތެވެ.

ޣަފޫރު ސަރުކާރަށް ގޮވާލެއްވީ އޮޑިވެރިންނަށާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ތަކުލީފުން އަވަސް ޙައްލެއް ހޯދައިދިނުމަށެވެ. "ހުޅުމާލެއިން ނަމަވެސް އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖައްސަން ސަރުކާރަށް ގޮވާލަން. ރަމަޟާން މަހާ ދިމާކޮށް މިފަދަ މަޝްރޫޢުއެއް ފެށުމަކީ ރައްޔިތުންނަށް ގަސްތުގައި ތަކުލީފު ޖެއްސުމަށް ސަރުކާރުން ހިންގާ ސިޔާސީ ކުޅިވަރެއް،" ޣަފޫރު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ