ކުރީ ސަރުކާރުން ފެށި ދުވާފަރު ބަނދަރުގެ މަސައްކަތް ހުއްޓާލުމަށް ފަހު އަލުން ފެށުމަށް ފަހު އަނެއްކާ ވެސް ހުއްޓާލައިފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރ. ދުވާފަރުގައި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ހިންގުމަށް ޙަވާލުކޮށްފައިވަނިކޮށް، މިހާރުގެ ސަރުކާރުން އެ މަޝްރޫޢު އުވާލުމަށްފަހު އަލުން ފެށި ނަމަވެސް، ހަމައެކަނި ޝޯވއެއް ދައްކާލުމަށްފަހު މަޝްރޫޢު ހުއްޓާލާފައިވާކަން ދުވާފަރު ކައުންސިލްގެ މެންބަރު

ކުރީ ސަރުކާރުން ފެށި ދުވާފަރު ބަނދަރުގެ މަސައްކަތް ހުއްޓާލުމަށް ފަހު އަލުން ފެށުމަށް ފަހު އަނެއްކާ ވެސް ހުއްޓާލައިފި

އެމްޑީޕީ ސަރުކާރުން ރ. ދުވާފަރުގައި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ހިންގުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނިކޮށް، މިހާރުގެ ސަރުކާރުން އެ މަޝްރޫޢު ހުއްޓާލުމަށްފަހު އަލުން ފެށި ނަމަވެސް، ހަމައެކަނި ޝޯވއެއް ދައްކާލުމަށްފަހު މަޝްރޫޢު ހުއްޓާލާފައިވާކަން ދުވާފަރު ކައުންސިލްގެ މެންބަރު ޔަޝްފާ ހާމަކުރައްވައިފިއެވެ. މިކަމުގެ ސަބަބުން ދުވާފަރު ރައްޔިތުން ކުރިމަތިލާންޖެހިފައިވާ ދަތިތައް އިތުރުވެފައިވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހު މި ސަރުކާރުން މުޅިން އައު މަޝްރޫޢެއްގެ ގޮތުގައި ދުވާފަރު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިދިން ނަމަވެސް، ހަމައެކަނި ހަފްތާއެއްހާ ދުވަހުގެ މަސައްކަތަށްފަހު މިހާރު މަސައްކަތް ވަނީ މުޅިން ހުއްޓިފައެވެ. މަސައްކަތް ކުރުމަށް ބޭނުންކުރި ވެހިކަލްތައްވެސް މިހާރު ސަރަޙައްދުން ފެންނާކަށް ނެތްކަމަށް ޔަޝްފާ ވިދާޅުވިއެވެ. މިއީ ސަރުކާރުން ރައްޔިތުންނަށް ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގާކަމަށް މަންޒަރު ދެއްކުމަށް އެތައް ރަށެއްގައި ކުރަމުން އަންނަ ކަމެކެވެ.

ދުވާފަރު ބަނދަރުގެ މަޝްރޫޢުއާ ގުޅޭގޮތުން އެމްޓީސީސީއަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދޭކަމަށް ޔަޝްފާ ފާހަގަކުރައްވާފައިވާއިރު، މަޝްރޫޢު ކުރިއަށް ނުގެންދާ ސަބަބެއްވެސް ސާފުކޮށް އަންގާފައިނުވާކަން ފާހަގަކުރެވެއެވެ. މިކަމުން ސާފުކޮށް ދައްކުވައިދެނީ ރައްޔިތުންނަށް ޙަޤީޤީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ނިޔަތެއް މިސަރުކާރުގެ ނެތްކަމެވެ.

ޚިޔާލު ފާޅުކުރައްވާ