ކުޑަކުދިންނާއި ބެހޭ މީހުންނަށް ސަރުކާރުން ވަޒީފާ ދެމުން ދާއިރު، ކުޑަކުދިންގެ ހައްގުތަކާ ގުޅޭ މުއާހަދާ ތަންފީޒުކުރުމުގައި ލާމަސީލު މަސައްކަތްތަކެއް ކުރާކަމަށް އދ. ގައި ސަރުކާރުން ބުނެފި

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން ރާއްޖެއިން ހުށަހަޅާފައިވާ ރިޕޯޓު ރިވިއުކުރުމަށް އދ. ގެ ކޮމިޓީ ސެޝަންގައި ރާއްޖެއިން ބައިވެރިވެ، އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވެފައިވަނީ ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލު ކަމަށާއި، ކުޑަކުދިންގެ ކަރާމާތާއި ރައްކާތ

ކުޑަކުދިންނާއި ބެހޭ މީހުންނަށް ސަރުކާރުން ވަޒީފާ ދެމުން ދާއިރު، ކުޑަކުދިންގެ ހައްގުތަކާ ގުޅޭ މުއާހަދާ ތަންފީޒުކުރުމުގައި ލާމަސީލު މަސައްކަތްތަކެއް ކުރާކަމަށް އދ. ގައި ސަރުކާރުން ބުނެފި

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން 2021 ވަނަ އަހަރު ރާއްޖެއިން ހުށަހަޅާފައިވާ 6-7 ވަނަ ޕީރިއޮޑިކް ރިޕޯޓު ރިވިއުކުރުމަށް އދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް ކޮމިޓީން ބޭއްވި ސެޝަންގައި ރާއްޖެއިން ބައިވެރިވެ، ސަރުކާރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދީފިއެވެ. މި ރިވިއުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގެ ވެރިޔާގެ ހައިސިއްޔަތުން އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވެފައިވަނީ ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލު ކަމަށާއި، ކުޑަކުދިންގެ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެއްކަމަށެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ރިވިއުގައި 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖެއިން ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ރާއްޖޭގެ ވަފުދުން ތަފްޞީލުކޮށް ޖަވާބުދީފައިވެއެވެ. އެޓާނީ ޖެނެރަލް އުޝާމް އިތުރަށް ވިދާޅުވެފައިވަނީ ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާއަކީ ރާއްޖޭގެ ގާނޫނުތަކާއި، ސިޔާސަތުތަކާއި، ތަރައްގީގެ މަސައްކަތްތަކަށް މަގުދައްކައިދޭ މުއާހަދާއެއްކަމަށާއި، ކުޑަކުދިންނަށް ރައްކާތެރި އަދި ބާރުވެރި މާހައުލެއް ހޯދައިދިނުމަށް މި ސަރުކާރުން ދެމިތިބޭނެކަމަށެވެ.

ނަމަވެސް މިސަރުކާރުން ވަނީ ސަރުކާރު އައުމާއި އެކު، އެޑިޔުކޭޝަން މިނިސްޓްރީއިން އެމީހެއްގެ މައްސަލަ ފުލުހަށް ހުށައަޅާގައިވާ ޒަމްޒަމް ފާރިޝް އަށް ބޮޑު މަގާމެއް ދީފައެވެ. އޭނާ އަށް ތުހުމަތު ކުރެވިފައިވަނީ، އަރައްބިއްޔާގައި ކުޑަކުދިންތަކަކާއި ބެހުނު ކަމުގެ ތުހުމަތެވެ. އެފަހުން ސަރުކާރުން ވަނީ މި ހަފްތާގައިވެސް ގއ. މާމެންދޫ އާރުޑީސީ އޮފީހުގެ މެނޭޖަރުގެ މަގާމަށް ޖިންސީ ކުށުގެ ދަޢުވާ އުފުލިފައިވާ މީހަކު އައްޔަން ކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ފެސިލިޓީތަކުގައި ތިބި ފަރާތްތައް އެ ރަށްރަށުގައި ދަނީ ނުކުމެ އެހެން ކުދިންނަށް ގޯނާ ކޮށް ބިރު ދައްކަމުންނެވެ. މިކަމާއި ގުޅޭ ވީޑިޔޯތައް މިދިޔަ މަހު ސޯޝަލް މީޑިޔާގައި ދައުރުވެފައެވެ. ސްކޫލްތަކުގައި ބުލީ ކުރުމާއި، އެހެން ކުދިންނަށް އަނިޔާކުރާ ކުޑަކުދިންނާއި މެދު ފިޔަވަޅު ނޭޅި، ސްކޫލުތަކަކީ ކުޑަކުދިންނަށް ނުރައްކާތެރި މާހައުލަކަށް ވެފައެވެ.

މި ރިވިއުގައި ރާއްޖެ ތަމްސީލްކުރެއްވި ވަފްދުގައި އެޓާނީ ޖެނެރަލްގެ އިތުރުން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އާއި ޖެންޑާ މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މައުލޫމާތު ލިބޭގޮތުގައި ރާއްޖެއިން ހުށަހެޅި ރިޕޯޓުގައި 2016 އިން 2021 ގެ ނޮވެމްބަރުގެ ނިޔަލަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލީ މައުލޫމާތު ހިމަނާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ