ޤާނޫނާއި ޚިލާފަށް ބީއެމްއެލް އިން ދަނީ، ޑެބިޓް ކާޑު ބޭނުން ކުރާ ފަރާތްތަކުން 16.30ރގެ ރޭޓުގައި ޑޮލަރަށް ޗާޖު ކުރަމުން

ޤާނޫނާއި ޚިލާފަށް ބީއެމްއެލް އިން ދަނީ، ޑެބިޓް ކާޑު ބޭނުން ކުރާ ފަރާތްތަކުން 16.30ރގެ ރޭޓުގައި ޑޮލަރަށް ޗާޖު ކުރަމުން

ބީއެމްއެލް އިން ޤާނޫނާއި ޚިލާފަށް ޑެބިޓް ކާޑު ބޭނުން ކުރާ ފަރާތްތަކުން އާންމުންގެ ޓްރާންސެކްޝަންތަކަށް 16.30ރގެ ރޭޓުގައި ޑޮލަރަށް ޗާޖު ކުރަން ފަށައިފިއެވެ. މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ޑޮލަރު އެކްސްޗޭންޖް ރޭޓަކީ 15،42ރ އެވެ. މިއަށް ވުރެ ބޮޑުކޮށް ޑޮލަރު ވިއްކުމަކީ ބްލެކް މާކެޓެއް އުފެއްދުމެވެ. އަދި ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ރުފިޔާގެ ރޭޓް ފިކްސް ކޮށްފައި އޮއްވައި އެހެން ރޭޓެއްގައި ވިއްކުމަކީ ޤާނޫނީ ކުށެކެވެ. 

މިކަމުގެ ސަބަބުން ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ފައިސާގެ ދަތިކަން ދަނީ ފޯރަމުންނެވެ.

ބޭންކް އޮފް މޯލްޑިވްސް ވަނީ ސިޔާސީ ތަނަކަށް ހައްދަވައި، ރައީސް މުއިއްޒުގެ 2028 ގެ ރިޔާސީ ކެމްޕެއިނަށް ތާޢީދު ހޯދުމަށް ގޯތި ގެދޮރު އެޅުމުގެ މަޝްރޫއު އެއް ވެސް ފަށައިފައެވެ. 

މީގެ އިތުރުން ރައީސް މުއިއްޒު އާއި އަނބިކަބަލުން ސާޖިދާ ގެންދަވަނީ ބްލެކް މާކެޓްގައި 20.26ގެ ރޭޓުން ޑޮލަރު އާންމު ރައްޔިތުންނަށް ވިއްކަމުންނެވެ.

މި ސަރުކާރަށް އެހެން އެއްވެސް އިރެއްގައި ގައުމަށް ނުވަންނަ ވަރަށް ޑޮލަރު ލިބެމުން ދާއިރު އެ ޑޮލަރަށް ވާގޮތެއް ސާފެއް ނުވެއެވެ. ލިބޭ ގިނަ ޑޮލަރުތައް ރައީސް މުއިއްޒު ހިންގަވާ ވައްކަމާއި ކޮރަޕްޝަނުގެ ތެރެއިން ރާއްޖެއިން ބޭރުގެ އެކައުންޓްތަކަށް މިލިއަނުން ޖަމާކުރާކަމުގެ ތުހުމަތު ސޯޝަލް މީޑިޔާގައި ރައްޔިތުން ދަނީ ކުރަމުންނެވެ.

2 ޚިޔާލު

ޚިޔާލު ފާޅުކުރައްވާ